Advertisement

އިނގިރޭސި ސަރުކާރުން ރާނީގެ ކިބައިން މައާފަށް އެދިއްޖެ

16 ޖަނަވަރީ 2022 - 11:07 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަމީރު ފިލިޕްގެ ޖަނާޒާގައި ރާނީ އެލިޒަބަތު ދެ ވަނަ. -- ފޮޓޯ: އޭޕީ


އިނގިރޭސި ސަރުކާރުން ރާނީގެ ކިބައިން މައާފަށް އެދިއްޖެ

16 ޖަނަވަރީ 2022 - 11:07 1

ލަންޑަން، އިނގިރޭސިވިލާތް (ޖެނުއަރީ 15) - އަމީރު ފިލިޕްގެ ޖަނާޒާ ބާއްވަން ތައްޔާރު ވަނިކޮށް ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ މުވައްޒަފުން ޕާޓީ ބޭއްވި މައްސަލައިގައި އިނގިރޭސި ސަރުކާރުން ރާނީ އެލިޒަބަތުގެ ކިބައިން މައާދަށް އެދިއްޖެ އެވެ.

"ގައުމު ބޮޑު ހިތާމައެއްގައި އޮތް ދަނޑިވަޅުގައި މިކަން ހިނގާފައިވުމަކީ ވަރަށް ދެރަކަމެއް. ބޮޑު ވަޒީރުގެ އޮފީހުން ވާނީ މައާފަށް އެދި ޝާހީ ގަނޑުވަރަށް އެކަން އަންގާފައި،" ޖޯންސަންގެ ތަރުޖަމާނު ނޫސްވެރިންނަށް ވިދާޅުވި އެވެ.

އުމުރުފުޅުން 95 އަހަރުގެ ރާނީގެ ކިބައިން މައާފަށް އެދި ބޮޑު ވަޒީރުގެ މެސެޖު ފޮނުއްވީ ރަސްމީކޮށް ފޯނު މެދުވެރިކޮށެވެ.

ކޮވިޑްގެ އުސޫލާ ހިލާފަށް އެއްވުންތައް ބޭއްވުން ފަދަ މައްސަލަތައް ފެންމަތިވި ޖޯންސަން އަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް ބައެއް މީހުން ދަނީ ޑިމާންޑު ކުރަމުންނެވެ.

ރާނީގެ 73 އަހަރުވީ ކައިވެންޏަށް ފަހު ފިރިކަލުން އަމީރު ފިލިޕް އަވަހާރަވުމުން، ޖަނާޒާގެ ކަންކަން ހަމަޖައްސަނިކޮށް، ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން ދެ ޕާޓީއެއް ބޭއްވި އެވެ. އެ ޕާޓީތަކުގައި ޖޯންސަން ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، އިތުރު ޕްރެޝަރާ ވަނީ ކުރިމަތިވެފަ އެވެ.

އަމީރު ފިލިޕްގެ ޖަނާޒާ އޮތީ ވިންޑްސާ ކާސްލްގައި އެންމެ 30 މީހުންނާ އެކު ހަރުކަށި ކޮވިޑް ފިޔަވަޅުތައް އަޅައިގެންނެވެ. ޖަނާޒާގައި ރާނީ އިންނެވީ އެހެން އެންމެންނާ ވަކިން ދުރުގަ އެވެ.

ނަމަވެސް ޖަނާޒާގެ ގަޑިއިރުތަކެއް ކުރިން ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން ވަނީ މިޔުޒިކާއި، ނެށުމާއި، ރަލާ އެކު ބޮޑު ވަޒީރުގެ އޮފީހުގައި ޕާޓީ ބާއްވާފަ އެވެ. ޖޯންސަންގެ ތަރުޖަމާން ވިދާޅުވީ ޕާޓީ ބޭއްވި އިރު އެމަނިކުފާނު ހުންނެވީ އާއިލާގެ މެމްބަރަކަށް ޒިޔާރަތް ކުރަން އެހެން ގެޔެއްގައި ކަމަށެވެ.

އެ ޕާޓީތަކާ ބެހޭ މައުލޫމާތު ޖޯންސަން އަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރުމުން ތަރުޖަމާނު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ކުރަމުންދާ ތުހުމަތުތަކާ ގުޅޭ އެތެރޭގެ ތަހުގީގެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ތިން އިދިކޮޅު ޕާޓީން ވެސް މިހާރު ވަނީ ޖޯންސަންގެ އިސްތިއުފާއަށް ގޮވާފަ އެވެ. އެމަނިކުފާނު ނިސްބަވްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ ފަސް ޕާލިމެންޓް މެމްބަރުން ވެސް އަންނަނީ އެކަމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.