Advertisement

ހައިޖެކް ކުރި ޔޫއޭއީގެ ބޯޓު ދޫކޮށްލަން އދ. އިން ގޮވާލައިފި

16 ޖަނަވަރީ 2022 - 05:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ރަވާބީ" ހައިޖެކްކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށް އެކަމާމެދު ފިޔަވަޅު އަޅަން ގޮވާލި-- ފޮޓޯ: އަރަބް ނިއުސް


ހައިޖެކް ކުރި ޔޫއޭއީގެ ބޯޓު ދޫކޮށްލަން އދ. އިން ގޮވާލައިފި

16 ޖަނަވަރީ 2022 - 05:26 0

އދ.، އެމެރިކާ (ޖެނުއަރީ 15) - ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މި މަހުގެ ކުރީކޮޅު ހައިޖެކް ކުރި ޔޫއޭއީގެ ބޯޓާއި އޭގެ ފަޅުވެރިން "ވަގުތުން ދޫކޮށްލަން" އދ. ގެ ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ގޮވާލައިފި އެވެ.

ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ޔަމަންގެ ސަރުކާރަށް އަސްކަރީ އެހީ ފޯރުކޮށްދޭ ސައުދީ އަރަބިއްޔާގެ ކޯލިޝަނުން ބުނީ "ރަވާބީ" ބޯޓު ހައިޖެކް ކުރީ ފީލްޑް ހޮސްޕިޓަލެއް އެޅުމުގެ މިޝަނަށް ފަހު ދަތުރު ކުރަނިކޮށް ކަމަށާއި އެއީ ކަނޑުފޭރުމުގެ އަމަލެއް ކަމަށެވެ.

ނަމަވެސް އިރާނުގެ އެހީއާ އެކު އުޅޭ ހޫތީން ފޮޓޯތަކެއް އާއްމު ކުރުމަށް ފަހު ބުނީ ބޯޓުގައި ހުރީ އަސްކަރީ ޖިޕާއި ހަތިޔާރު ކަމަށެވެ. ބޯޓު ހައިޖެކް ކުރީ ހޫތީން ކޮންޓްރޯލް ކުރާ ހުދައިދާ ބަނދަރާ ދިމާލުން ރަތް ކަނޑުން ދަތުރު ކުރަނިކޮށެވެ.

އިނގިރޭސިވިލާތުން ޑްރާފްޓުކޮށް، ސަލާމަތީ މަޖިލީހުގެ 15 ގައުމުން ބަލައިގަތް ބަޔާނެއްގައި ބުނީ "ބޯޓާއި އޭގެ ފަޅުވެރިން ވަގުތުން މިނިވަން ކުރަން ޖެހޭނެ" ކަމަށާއި "ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު" ކަމަށެވެ.

"އަދަންގެ ގަލްފާއި ރަތް ކަނޑުގައި މިނިވަންކަމާ އެކު ދަތުރު ކުރުމުގެ ހައްގު މުހިއްމު" ކަމަށާއި "ޔަމަނުގެ ހަމަނުޖެހުން މަދުކުރަން ހުރިހާ ފަރާތަކަށް ގޮވާލާ" ކަމަށް ބަޔާނުގައި ބުންޏެވެ. އެގޮތުން މަޝްވަރާއަށް އަލުން އިށީނުމަށް އދ. ގެ ހާއްސަ މަންދޫބާ އެކު މަސައްކަތް ކުރަން ގޮވާލި އެވެ.

ޔޫއޭއީ އިން އދ. އަށް ފޮނުވި ސިޓީއެއްގައި ބުނީ ބޯޓުގައި ތިބީ 11 ފަޅުވެރިން ކަމަށެވެ. އެއީ އިންޑިއާގެ ހަތް މީހުންނާއި، އިތިއޮޕިއާ، އިންޑޮނީޝިއާ، މިޔަންމާ އަދި ފިލިޕީންސް މީހުންނެވެ. އިންޑިއާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރެކެވެ.