Advertisement

ސިޓީ ކައުންސިލުން މާލޭގެ ގްރެފިޓީތައް ފުހެ، ފާރުތައް ސާފުކުރަނީ

15 ޖަނަވަރީ 2022 - 10:42 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭގެ މަގުފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރާ އިރު ފުލުހުން އެ ސަަރަހައްދހައްޓަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ސިޓީ ކައުންސިލުން މާލޭގެ ގްރެފިޓީތައް ފުހެ، ފާރުތައް ސާފުކުރަނީ

15 ޖަނަވަރީ 2022 - 10:42 0

މާލޭގެ މަގުތަކާ ގޯޅިތަކުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެ ސާފުކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން އިއްޔެ ފަށައިފި އެވެ.

މާލޭ ސިޓީކައުންސިލްގެ ސްޕޯކްސް ޕާސަން މަރިޔަމް ޝިއުނާ "އަދަދު"އަށް ވިދާޅުވީ ގްރެފިޓީތައް ސާފުކުރަން އިއްޔެއިން ފެށިގެން ކުރި މަސައްކަތުން މިހައިތަނަށް، މާލޭގެ އެކި ސަރަހައްދުން 12 ފާރެއް ސާފުކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ހުރިހާ ސަރަހައްދަކުން ގްރެފިޓީތައް ފުހެ ނިންމައިލެވޭނީ ކިހާ ދުވަހަކުން ކަމެއް އަދި ނޭނގެ އެވެ.

ގްރެފިޓީތައް ފުހުމުގެ މަސަައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ އިރު، އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައްތައް ފުލުހުން ބަލަަހައްޓަ އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ފުހެމުން ދަނީ ފުލުހުން ދައްކާ ގްރެފިޓީތަކެވެ. އެ ކުރެހުންތަކަކީ އާއްމު ގޮތެއްގައި ގޭންގްތަކުން ކުރާ ކަމެއް ކަމަށް ބެލެވެ އެވެ. އެކަމަކު ގްރެފިޓީތައް ފުހުމުގެ މަސައްކަތާ އަދި އެއްވެސް ދެކޮޅުވެރިކަމެއް ކުރިމައްޗެއް ނުވެ އެވެ.

"އަދި އެކަހަލަ އެއްވެސް ކަމެއް ކުރިމައްޗެއް ނުވޭ،" ޝިއުނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކާއި ހަނިގޯޅިތަކުގައި ވަރަށް ގިނަ ގްރެފިޓީތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ގޭންްގްތަކުގެ ގްރެފިޓީތައް ކަމަށް ބެލެވޭ ގްރެފިޓީއާއި ސިޔާސީ ގްރެފިޓީ ވެސް ހިމެނެ އެވެ.