Advertisement

މޮނިޓަރިންގައި އޮއްވާ ރައީސް ޔާމީން ފުނަދޫއަށް ވަޑައިގެންފި

14 ޖަނަވަރީ 2022 - 17:18 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް ޔާމީން ފުނަދޫއަށް ވަޑައިގަތުން: އެ ރަށުން ރައީސް ޔާމީނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި--- ފޮޓޯ: ޕީޕީއެމް


މޮނިޓަރިންގައި އޮއްވާ ރައީސް ޔާމީން ފުނަދޫއަށް ވަޑައިގެންފި

14 ޖަނަވަރީ 2022 - 17:18 1

ށ. ފުނަދޫ މޮނިޓަރިންގައި އޮއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފި އެވެ.

ޔާމީން އެ ރަށަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެންޑިޑޭޓުގެ ކެމްޕެއިނަށް އެ ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުގަ އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބުނެފައި ވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް ރައީސް ޔާމީން ވަޑައިގަންނަވާ ދަތުރުފުޅުގައި ށ. ފުނަދޫ ރައްޔިތުން އިންތިޒާމުކުރާ އިންޑިއާ އައުޓު ހަރަކާތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިއަދު މެންދުރުފަހު ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށް އެ ރަށުން ކޮވިޑް ކޭސްއެއް ފެނި މޮނިޓަރިންއަށްލާފައި ވަނީ މެންދުރު 2:38ގަ އެވެ. ރައީސް ޔާމީން ވަޑައިގެންފައި ވަނީ ހަވީރު 4:30 ހާއިރު އެވެ.

އެ ރަށުން ރައީސް ޔާމީނަށް ވަނީ ހޫނު މަރުހަބާއެެއް ކިޔާފަ އެވެ.

ރައީސް ޔާމީން އެ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވަމުން ގެންދަވާއިރު ފުނަދޫއަށް ވަޑައިގެންނެވީ އިންޑިއާ އައުޓް ކެމްޕޭން ދަތުރުގަ އެވެ.

އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ގޮވާލާއިރު، މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް، ޔާމީން މިނިވަން ވުމ އެކީ އިތުރަށް ވަނީ ފުޅާ ކޮށްފަ އެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރަށް ރަށުގައި އަދިވެސް ކުރިއަށް ގެންދެ އެވެ.