Advertisement

އައްޑޫގައި 2000 ސޯޝަލް ހައުސިން އެޅުމަށް ޗައިނާ ކުންފުންޏަކަށް

14 ޖަނަވަރީ 2022 - 16:32 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އައްޑޫގައި 2000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް


އައްޑޫގައި 2000 ސޯޝަލް ހައުސިން އެޅުމަށް ޗައިނާ ކުންފުންޏަކަށް

14 ޖަނަވަރީ 2022 - 16:32 1

އައްޑޫގައި 1،000-2،000 އާ ދެމެދުގެ އަދަދަކަށް ސޯޝަލް ހައުސިން ޔުނިޓްތަކެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.

އައްޑޫގައި ބޯހިޔާވަކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން އެމްއޯޔޫގައި ބޭރުގެ ދެ ކުންފުންޏަކާއެކު ކުރިއަށް ގެންދިއުމަށް އިއްޔެ ސޮއި ކުރި އެވެ. އެއީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީއާއެކު އެވެ.

އައްޑޫ ކައުންސިލުން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން، ޗައިނާގެ ކުންފުނިން އައްޑޫގައި 1،000-2،000 އާ ދެމެދުގެ އަދަދަކަށް ސޯޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ތުރުކީގެ ކުންފުނި އައްޑޫގައި ރެޒިޑެންޝަލް ހައުސިން ޔުނިޓްތަކެއް އިމާރާތްކުރާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

އައްޑޫ ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސޮއި ކުރެވުނު މަޝްރޫއުގެ ދަށުން ގޯތި ލިބި އިމާރާތް ނުކުރެވި ތިބި މީހުންނަށް، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ.

އައްޑޫގައި މީގެ ކުރިން ވެސް ބޯހިވަހިކަމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއްގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅާފައި ވެއެވެ.