Advertisement

ދެކުނު އޭޝިއާގެ އެންމެ ގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓު

13 ޖަނަވަރީ 2022 - 20:06 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު ކައިރިން ޓޫރިސްޓުންތަކެއް: ދިވެހި ޕާސްޕޯޓުގައި މިހާރު 88 ގައުމަކަށް ދުރާލާ ވިސާ ނުނަގާ ދަތުރުކުރެވޭ. -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން


ދެކުނު އޭޝިއާގެ އެންމެ ގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓު

13 ޖަނަވަރީ 2022 - 20:06 0

ވިސާ ނެތި ނޫނީ އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ އަދަދަށް ބިނާކޮށް ޕާސްޕޯޓުތައް ގިންތިކުރާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކުރި ރާއްޖެއަށް ލިބިއްޖެ އެވެ.

މިއަހަރުގެ އިންޑެކްސްގައި ރާއްޖެ ލައްވާލީ 58 ވަނައިގަ އެވެ. އެއީ މިދިޔަށް އަހަރަށް ވުރެ އަށް ދަރަޖަ މައްޗެވެ. ރާއްޖެއާ އެންމެ ގާތުން މި ރޭންކިންގައި އޮތް ދެކުނު އޭޝިއާ ގައުމަކީ އިންޑިއާ އެވެ. އެކަމަކު އެ ގައުމު އޮތީ، 26 ދަރަޖަ ތީރީގައި 84 ވަނައިގަ އެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތަކަކީ ސިންގަޕޫރާއި ޖަޕާނުގެ ޕާސްޕޯޓެވެ. އެ ދެ ގައުމުގެ ޕާސްޕޯޓުގައި 192 ގައުމަކަށް ދަތުރުކުރެވެ އެވެ.

ދެކުނު އޭޝިއާ ގައުމުތަކުގެ ޕާސްޕޯޓް ރޭންކިން

  1. ރާއްޖެ - 58 ވަނަ، ދަތުރުކުރެވެނީ 88 ގައުމަށް
  2. އިންޑިއާ - 84 ވަނަ، ދަތުރުކުރެވެނީ 59 ގައުމަށް
  3. ބޫޓާން - 90 ވަނަ، ދަތުކުރެރެވެނީ 53 ގައުމަށް
  4. ސްްރީލަންކާ - 102 ވަނަ، ދަތުރުކުރެވެނީ 41 ގައުމަށް
  5. ބަންގްލަދޭޝް - 103 ވަނަ، ދަތުރުކުރެވެނީ 40 ގައުމަށް
  6. ނޭޕާލް - 105 ވަނަ، ދަތުރުކުރެވެނީ 37 ގައުމަށް

ރާއްޖޭން ވެސް ވަނީ ވަނީ މިި ލިސްޓު އެކުލަވާލަން ފެށިތާވީ 17 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.

އެގޮތުން މި ލިސްޓު އެކުލަވާލިއިރު، ދިވެހި ޕާސްޕޯޓުގައި ދުރާލާ ވިސާ ނުނަގާ ދަތުރުކުރެވެނީ 46 ގައުމަކަށެވެ. އެކަމަކު މިހާރު 88 ގައުމަކަށް ދަތުރުކުރެވެ އެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ގައުމަކީ ޗައިނާ އެވެ.