Advertisement

ލޮކްޑައުންގައި ހިދުމަތް ދިނުމުގައި ފެއިލްވި ޗައިނާގެ ދެ ހޮސްޕިޓަލް ބަންދުކޮށްފި

14 ޖަނަވަރީ 2022 - 06:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގައި ޑިސްއިންފެކްޓް ކުރަނީ. -- ފޮޓޯ: ބެންކޮކް ޕޯސްޓް


ލޮކްޑައުންގައި ހިދުމަތް ދިނުމުގައި ފެއިލްވި ޗައިނާގެ ދެ ހޮސްޕިޓަލް ބަންދުކޮށްފި

14 ޖަނަވަރީ 2022 - 06:55 0

ބެއިޖިން، ޗައިނާ (ޖެނުއަރީ 13) - ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ޗައިނާގެ ޒިއާން ސިޓީގައި އާއްމުންނަށް ހިދުމަތް ދިނުމަށް ފެއިލްވި ދެ ހޮސްޕިޓަލެއް ބަންދުކޮށްފި އެވެ.

އޭގެ ތެރެއިން އެއް ހޮސްޕިޓަލަކީ މާބަނޑު އަންހެނަކަށް ހިދުމަތް ދޭން ދެކޮޅު ހެދުމުން، ބޭރުގައި ހުރެ ވިހެއި ތުއްތު ދަރިފުޅު މަރުވާން ދިމާވި ހާދިސާގައި ހިމެނޭ ހޮސްޕިޓަލެވެ.

ޗައިނާ އިން ގެންގުޅެނީ "ޒީރޯ ކޮވިޑް"ގެ ހަރުކަށި ސިޔާސަތެކެވެ. ޒިއާން ސިޓީ ލޮކްޑައުންކޮށް، އާއްމުން ގޭ ބަންދުގައި ތިބޭތާ މިހާރު ތިން ހަފުތާ ވެއްޖެ އެވެ.

ގައޯޒިން ހޮސްޕިޓަލަށް ދިޔަ މާބަނޑު އަންހެން މީހާއަށް ދިމާވި ގޮތުގެ ވާހަކަ އާއްމުވުމުން، މިދިޔަ ހަފްތާގައި ސިއްހީ އޮފިޝަލުން އާއްމުންގެ ކިބައިން މައާފަށް އެދުނެވެ.

އެފަދަ އިތުރު ހާދިސާއެއްގައި އަންހެން މީހަކު ބުނީ މިދިޔަ ހަފްތާގައި އޭނާގެ ބައްޕަ މަރުވީ ކޮވިޑް އުސޫލާ ގުޅިގެން ހިތުގެ މައްސަލައަކަށް ފަރުވާ ނުކުރެވި ލަސްވުމުން ކަމަށެވެ.

އެ ދެ ހޮސްޕިޓަލަށް ވެސް އިންޒާރު ދީ، އަންގާފައި ވަނީ މައްސަލަތައް ރަނގަޅު ކުރުމުގެ ގޮތުން ތިން މަހަށް އޮޕަރޭޝަންތައް ސަސްޕެންޑް ކުރުމަށެވެ. ތިން މަސް ހަމަވުމުން އަލުން ހުޅުވުން ހުއްދަ ދޭނީ ބަލައި ފާސްކުރުމަށް ފަހު ކަމަށް ވެސް އެންގި އެވެ.

ޒިއާން ސިޓީއިން ފެންނަ ކޭސްތަކުގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހު އެ ސިޓީއިން ރިޕޯޓު ކުރީ އެންމެ ހަ ކޭސް އެވެ.

ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ފަހުން ޒިއާން ސިޓީއިން ޖުމްލަ 2،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވެ އެވެ.