Advertisement

ޖިންސީ ގޯނާކުރި ތިން މެޖިސްޓްރޭޓުންގެ ތަހުގީގު އަދިވެސް ނުނިމޭ

13 ޖަނަވަރީ 2022 - 15:21 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: އެ ތިން މެޖިސްޓްރޭޓުންނަށް ކުރަނީ ސީރިއަސް ތުހުމަތުތަކެއް -- ފޮޓޯ: އަދަދު ފައިލް


ޖިންސީ ގޯނާކުރި ތިން މެޖިސްޓްރޭޓުންގެ ތަހުގީގު އަދިވެސް ނުނިމޭ

13 ޖަނަވަރީ 2022 - 15:21 0

ޖިންސީ ފުރައްސާރަ އާއި ގޯނާގެ ކުރި ކަމަށް ބުނާ މައްސަލަތަކެއްގައި މީގެ ދެ އަހަރު ކުރިން މަގާމުން ވަކި ކުރި ތިން މެޖިސްޓްރޭޓުންގެ މައްސަލަ އަދިވެސް ތަހުގީގުކޮށް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތުލުސްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދާއި ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން އަދި ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އެވެ. އެމީހުންގެ މަގާމުން ވަކި ކުރުމަށްފަހު މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ.

ފުލުހަށް ހުށަހެޅިފައިވާ ތިން މައްސަލާގައި ދެ އަހަރު ފާއިތުވިއިރު މިހާރު އެ މައްސަލަތައް ހުރީ ނިމުމަކާ ގާތްވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

"ތަހުގީގު ފުރިހަމަ ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ކުރެވެމުން ދަނީ. މި މައްސަލަ އާއި ގުޅިގެން ޕީޖީއާ ވެސް މަޝްވަރާ ކުރެވެމުން ދަނީ،" އެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައިކަން އޭނާ ފާހަގަކުރަމުން އޭނާ ބުންޏެވެ.

މާކުރަތަ މެޖިސްޓްރޭޓްގެ މަގާމުގައި ހުރި އަދުނާނަށް ތުހުމަތު ކުރަނީ ކޯޓުގައި މަސައްކަތް ކުރި ދެ އަންހެނަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.

ކަނޑުހުޅުދޫ ކޯޓުގައި ހުރި ހަސަން ދީދީގެ މައްޗަށް ހަތް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި އަންހެން މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުމާއި ޖިންސީ ގޯނާ ކުރުމާއި އަންހެން މުވައްޒަފުން ލައްވައި މަޖުބޫރުކޮށްގެން ކަންކަން ކުރުވުން ހިމެނެ އެވެ.

ތުލުސްދޫ ކޯޓުގައި ހުރި އައިނާނަށް ކުރާ ތުހުމަތަކީ އޮފީހުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ.

ޖޭއެސްސީއިން ބުނާ ގޮތުގައި މިހާރު ވެސް އެ އިދާރާއިން އަންނަނީ ފަނޑިޔާރަކަށް ޖިންސީ ގޯނާގެ ތުހުމަތެއް އަމާޒުވެގެން އެކަން ތަހުގީގުކުރަމުންނެވެ. އެއީ ގއ. ދާންދޫ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ މައްސަލައެކެވެ.

އެ ކޮމިޝަންގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކުރަމުން ބުނީ، ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ދިމާވާ މިންވަރު ދަނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މިކަހަލަ މައްސަލަތައް އޭރު އޮތީ ނުދައްކާ ވާހަކައެއްގެ ގޮތުގައި، މުވައްޒަފުން ޖެހިލުންވޭ އޭރު މިކަހަލަ ވާހަކަ ދައްކަން،" އެ ކޮމިޝަންގެ މީޑިޔާ އޮފިޝަލް އިޒްމީރާ ޝިހާމް ކިޔައިދެއްވި އެވެ.