Advertisement

މެރިން ސައިންސް ދިރާސާކުރުން ހިމެނޭހެން ޕްލިމަތާއެކު އެމްއެންޔޫއިން އެއްބަސްވުމަކަށް

13 ޖަނަވަރީ 2022 - 12:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގައުމީ ޔުނިވާސިޓީން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލިމަތާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ


މެރިން ސައިންސް ދިރާސާކުރުން ހިމެނޭހެން ޕްލިމަތާއެކު އެމްއެންޔޫއިން އެއްބަސްވުމަކަށް

13 ޖަނަވަރީ 2022 - 12:45 0

މެރިން ސައިންސްގެ ދާއިރާއިން ދިރާސާކުރުުމަށް ހާއްސަ އެހީތެރިކަން ހޯދުމާއި ކިޔަވައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލިމަތާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި ޔުނިވާސިޓީ އޮފް ޕްލިމަތުގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ޖާޑް މެސެލިންކެވެ.

ޑރ. ޝަރީފް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ހިންގުން ހަރުދަނާކޮށް ވަކިވަކި ތައުލީމީ ޕްރޮޖެކްޓްތަކުގައި ދެ ފަރާތުގެ އެހީތެރިކަން ހޯދޭނެ ކަމަށެވެ.

އެގޮތުން މެރިން ސައިންސްގެ ދާއިރާއިން ހަދާ ރިސާޗްތަކާއި ކިޔަވައި ދިނުމަށް އެ ދާއިރާއިން ހާއްސަ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ފަރާތް ގުޅިގެން އެފަދަ ރީސާޗުތައް ހެދުމަށް ވެސް ރޭވިފައިވެ އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ބަދަލުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް ހިންގާނެ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް ޕްލިމަތަށް ގޮސް އެ ޔުނިވާސިޓީގެ ކިޔެވުމުގެ މާހައުލު ތަޖުރިބާ ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ޕްލިމަތަކީ އިނގިރޭސިވިލާތުގައި ކަނޑުތަކާއި ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައް ކުރުމުގައި ނަން މަޝްހޫރު ޔުނިވާސިޓީއެކެވެ.