Advertisement

އެންމެ މަގުބޫލު "ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓް" މިހާރު އޭޑީކޭއިން ލިބޭ

13 ޖަނަވަރީ 2022 - 10:40 1

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ރާއްޖޭގައި ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓުގެ ހިދުމަތް އޭޑީކޭން ލިބެން ހުންނާނެ-- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް


އެންމެ މަގުބޫލު "ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓް" މިހާރު އޭޑީކޭއިން ލިބޭ

13 ޖަނަވަރީ 2022 - 10:40 1

ދުނިޔޭގެ އެންމެ މަގުބޫލު ހެއާ ރިމޫވަލް ޓްރީޓްމެންޓް ކަމުގައިވާ "ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓް" އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

ލޭޒާ ހެއާ ރިމޫވަލްގެ ހިދުމަތް މިހާތަނަށް އެ ހޮސްޕިޓަލުން ހޯދި މީހުންގެ ފަރާތުން ޕޮޒިޓިވް ފީޑްބެކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓް އަކީ ކޮބާ؟

ގައިގައި އިސްތަށި ފަޅާ މިންވަރު ކުޑަކުރުމަށް މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ފަރުވާއަކީ ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓެވެ. ގައިގައި ހުންނަ އިސްތަށިތައް ދުއްވާލުމަށް ބޭނުންކުރާ އެހެން ގޮތްތަކާ ހިލާފަށް މި ޓްރީޓްމެންޓަކީ ދާއިމީ ޓްރީޓްމެންޓެކެވެ. އެހެންކަމުން މި ޓްރީޓްމެންޓް ނެގުމުން ގައިގައި އިސްތަށި ފަޅާ މިންވަރު ވަރަށް ބޮޑުތަން ކުޑަވާނެ އެވެ.

މި ޓްރީޓްމެންޓަކީ ދެ ޖިންސުގެ މީހުންނަށް ވެސް ނެގިދާނެ ޓްރީޓްމެންޓެކެވެ. މިއީ ގައިގައި ހުންނަ އިސްތަށިތައް ނައްތާލުމަށް މީހުން އާންމުކޮށް ބޭނުންކުރަމުންދާ ގޮތްތަކުގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތް ކަމުގައި ޑޮކްޓަރުން ފާހަގަކުރައްވަ އެވެ. މި ޓްރީޓްމެންޓުން އެއްވެސް ވަރަކަށް ތަދު އިހުސާސް ނުވާނެކަމަށާއި މިއީ ހުރިހާ ވައްތަރެއްގެ ހަމަކާވެސް ގުޅޭނެ ފަރުވާއެއް ކަމަށް އޭޑީގެ ޑޮކްޓަރަކު މި ނޫހަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

އޭޑީކޭއިން މި ޓްރީޓްމެން ލިބެން ހުންނަނީ ކިހިނެތް؟

ލޭޒާ ރިމޫވަލް ޓްރީޓްމަންޓު ނެގުމަށް ފުރަތަމަ ޖެހެނީ ޑޮކްޓަރަށް ދެއްކުމަށްފަހު ހަމުގެ ވައްތަރު ބަލާށެވެ. އެއަށްފަހު ޓްރީޓްމަންޓު ދޭނީ އެމީހަކަށް އެކަށީގެންވާ ގޮތަކަށެވެ. އަދި ލޭޒާ ހެއާ ރިމޫވަލްގެ ދެ ސެޝަން ކޮންމެ ޕޭޝަންޓަކު ވެސް ނަގަންޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

"ޕޭޝެންޓު އައުމުން އެންމެ ފުރަތަމަ ހަމުގެ ޑޮކްޓަރަކާއި ކޮންސަލްޓް ކުރައްވަން ޖެހޭނެ. އެއީ އެކި މީހުންގެ ހަމުގެ ވައްތަރު ތަފާތު ވާނެތީ. ދެން މި ކޮންސަލްޓޭޝަން އަށް ފަހު އަޅުގަނޑުމެން ޓްރީޓްމެންޓްގެ ސެސަޝްތައް ފަށާނީ،" އޭޑީކޭއިން އެ މަސައްކަތް ކުރަމުން ދާގޮތް ކިޔައިދިން އެ ހޮސްޕިޓަލްގެ ޑޮކްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ސެޝަންއަށް ފަހުވެސް ރިސަލްޓްސް ފެންނާނެ. ދެވަނަ ސެޝަންއަށް އަންނަ އިރު އިސްތަށި މަދުވެފައިވާކަން ބައެއް ޕޭޝެންޓުން ފާހަގަކުރޭ. ދެވަނަ ނުވަތަ ތިންވަނަ ސެޝަންއާ ހަމައަށް ދާއިރު އިސްތަށި ފަޅާ މިންވަރު ހަމަ ވަރަށް ބޮޑަށް މަދުވާނެ." ޑޮކްޓަރު ކިޔައިދެއްވި އެވެ.

އޭޑިކޭއިން މިކަމަށް ގެންގުޅެނީ އެންމެ ޒަމާންވީ ވަސީލަތްތަކެވެ. އެގޮތުން މި ޓްރީޓްމެންޓު ދިނުމަށް ހޮސްޕިޓަލުގައި ބޭނުންކުރަނީ ހުރިހާ ވައްތަރެއްގެ ހަމަކާވެސް ގުޅޭ، ރައްކާތެރި ލޭޒާއެއް ކަމުގައިވާ "އައިސް ޕްލެޓިނަމް ލޭޒާ" ކަމަށް އޭޑީކޭއިން ބުނެ އެވެ.

އޭޑީކޭއިން ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓުގެ ހިދުމަތް ދޭންފެށިތާ އަދި އެހާ ގިނަ ދުވަސް ވެފައި ނުވި ނަމަވެސް ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މިހިދުމަތް އަންނަނީ މަގުބޫލުވަމުންނެވެ.

"މިހާރު ދެތިން ސެޝަން ބައެއް މީހުން ނަގައިފި. މިއަދު އައި ޕޭޝެންޓު ވެސް ހުރީ ވަރަށް އުފަލުން. ކުރިއާ ބަލާފަ އިސްތަށި ފަޅާ މިންވަރު ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް ބުނަނީ،" އޭޑީކޭގެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭޑިކޭއިން މިފަރުވާ ތައާރަފް ކުރުމާއެކު ހަށިގަނޑުގައި އިސްތަށިފެޅުން ގިނަވުމުގެ ސަބަބުން ކަންބޮޑުވެފައިވާ ދެޖިންސްގެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެން ދާނެ އެވެ. ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ބިރުވެރި ކަމެއްގެ ތެރޭގައި ތިބުމަށްވުރެ، މިޓްރީޓްމެންޓް ނެގުން މާބުއްދިވެރި އެވެ.

ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމެންޓުގެ ހިދުމަތް އޭޑީކޭއިން ފޯރުކޮށްދެމުން ދަނީ އެކަމަށް އެކަށީގެންވާ އަގެއްގަ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭޑީކޭއިން ލިބެން ހުންނަ ބޭސްފަރުވާގެ ހިދުމަތްތައް އެ ހޮސްޕިޓަލުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ އެހެން ހޮސްޕިޓަލުތަކުން ލިބޭ، ފެންވަރު ރަނގަޅު ހިދުމަތް ރާއްޖެއިން ވެސް ލިބޭނެ އިންތިޒާމް މި ހޮސްޕިޓަލުގައި ގާއިމްކޮށްފައިވެ އެވެ.