Advertisement

އެމެރިކާއަށް ކޮވިޑާ އެއްކޮށް އުޅެން ދަސްވާން ފަށައިފި: ފައުޗީ

13 ޖަނަވަރީ 2022 - 09:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ އެންމެ އިސް ސިއްހީ އެޑްވައިޒަރު އެންތަނީ ފައުޗީ.


އެމެރިކާއަށް ކޮވިޑާ އެއްކޮށް އުޅެން ދަސްވާން ފަށައިފި: ފައުޗީ

13 ޖަނަވަރީ 2022 - 09:43 0

ވޮޝިންޓަން، އެމެރިކާ - އެމެރިކާއަށް ކޮވިޑާ އެއްކޮށް އުޅެން ދަސްވާން ފަށައިފި ކަމަށް އެ ގައުމުގެ އެންމެ އިސް ސިއްހީ އެޑްވައިޒަރު އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

"މި ވައިރަސް ނައްތާލެވޭނެ އެއްވެސް ގޮތެއް ނެތް،" ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގައި ވާހަކަދައްކަވަމުން ފައުޗީ ވިދާޅުވި އެވެ.

ނަމަވެސް "އޮމިކްރޯން މަތިވެފައި ތިރިވާއިރު" އެމެރިކާ އިން މުޅިން އާ މަރުހަލާއެއް ފެށުމުގެ އުއްމީދު ބޮޑު ކަމަށް ފައުޗީ ވިދާޅުވި އެވެ.

"އެއީ މުޖުތަމައުގައި އެކަށީގެންވާ ރައްކާތެރިކަމާއި، އެކަށީގެންވާ ބޭސް ހުންނަ ހާލަތަކަށް ގޮސް، ހައި ރިސްކް މީހަކަށް ބަލި ޖެހިއްޖެ ނަމަ ފަސޭހައިން ފަރުވާކުރެވޭނެ މަރުހަލާއެއް."

"އެ ހިސާބަށް ދެވުމުން މި ބައްޔާ އެއްކޮށް އުޅެން ދަސްވާން ފަށާނެ. މިހާރު އަޅުގަނޑުމެން މި ތިބީ އެ ހިސާބަށް ދާން ފަށާފައި."

ރަސްމީ ތަފާސްހިސާބް ދައްކާ ގޮތުގައި މި ވަގުތު އެމެރިކާގައި 145،982 މީހުންނަށް ކޮވިޑް ޖެހިގެން ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ކުރަމުންނެވެ.