Advertisement

ސަންކުއިކް އައިސް ލޮލީގެ ރަހަ ބަލައިފިންތަ؟ ތަފާތު، ރަހަ ވެސް މީރު!

13 ޖަނަވަރީ 2022 - 12:45 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އައިސް ލޮލީގެ ފަސް ރަހައެއް ލިލީން ވަނީ ބާޒާރަށް ނެރެފައި


ސަންކުއިކް އައިސް ލޮލީގެ ރަހަ ބަލައިފިންތަ؟ ތަފާތު، ރަހަ ވެސް މީރު!

13 ޖަނަވަރީ 2022 - 12:45 0

ކުޑައިރު ލޮލީ ގަންނަ ހަނދާނާއި، ލޮލީ ބޮއެ ހުސްވުމުގެ ކުރިން ވިރި ހުސްވެގެންދާ ހަނދާން އެބަ ހުއްޓެވެ. ކައިރި ފިހާރައެއްގައި ވިއްކަން ހުންނަ, ގޭގައި ތައްޔާރުކުރި އެ ލޮލީއަކީ މިހާރު އާއްމުކޮށް ލިބޭ އެއްޗެއް ނޫނެވެ. ނަމަވެސް ލިލީ ސްޓޯރުން މިހާރު ވަނީ ޒަމާނީ ގޮތަށް އައިސް ލޮލީއެއް ބާޒާރަށް ނެރެފަ އެވެ.

ރާއްޖޭގެ މާކެޓްގައި ވެސް އެތައް އަހަރެއް ވެފައިވާ ސަންކުއިކް ޖޫސް ބްރޭންޑުގެ އާ އުފެއްދުމެއްގެ ގޮތުގައި ބާޒާރާ ނެރެފައިވާ "ސަންކުއިކް އައިސް ލޮލީ"ގެ ފަސް ރަހައެއް ލިބެން އެބަ ހުއްޓެވެ. އެއީ ޓްރޮޕިކަލް، އޮރެންޖް، ލުނބޯ، އަނބު، ސްޓްރޯބެރީ އައިސް ލޮލީ އެވެ.

މޭވާތެ ތާސީރު ހިމަނައިގެ އުފައްދާފައިވާ ސަންކުއިކްގެ މީރު ރަހަތަކާއެކު ތާޒާކަން ގެނެސްދޭނެ މި ލޮލީ، ހުސްވަންދެން ވެސް އޭގެ ޓެކްސްޗާގެ ޒާތަށާއި ރަހައަށް ބަދަލެއް ނާދެ އެވެ. އާޓިފިޝަލް ސްވީޓްނާއެއް ނާޅަ އެވެ. މިއީ ހޫނުކަން ފިނިކަމަށް، ވަރުބަލިކަން ގަދަ ކަމަށް ބަދަލުކޮށް، އުފާވެރިކަމާއި ހަމަޖެހުން އިތުރަށް ލިއްބައިދޭނެ ރަހަމީރު ލޮލީ އެކެވެ.

އެހެން ލޮލީއާ ހިލާފަށް މި ވައްތަރު އަބަދު ފްރިޖުގައި ބަހައްޓާކަށް ނުޖެހެ އެވެ. ފިހާރައިގެ ހަރުގައި ބަހައްޓައިގެން ވެސް ވިއްކޭނެ އެވެ. ބޯންވުމުން ގޭގައި ހުންނަ އައިސް އަލަމާރިން ވެސް ގަނޑުކޮށްލުމަށް ފަހު ބޭނުން ކުރަންވީ އެވެ.