Advertisement

ހިމޭން، ހިތްފަސޭހަ ކަމަށް ސޮލިޓެއާ

12 ޖަނަވަރީ 2022 - 12:08 1

ސޮލަޓެއާގެ އެޕާޓްމެންޓެއްގެ ލިވިން ރޫމް – ފޮޓޯ: ސޮލަޓެއާ


ހިމޭން، ހިތްފަސޭހަ ކަމަށް ސޮލިޓެއާ

12 ޖަނަވަރީ 2022 - 12:08 1

ހުޅުމާލޭގެ ފިތުރޯނު މަގަކީ އާދަޔާހިލާފު ހިތްހަމަޖެހުމެއް ހިތަށް ގެނުވާ މަގެކެވެ. ހުޅުމާލޭގެ އުތުރު ހުޅަނގު ފަރާތު އަތިރިމަތިން އޮންނަ ފިތުރޯނު މަގުގައި ދެފަރާތުން ހެދިފައިވާ ބޮޑެތި ހިޔާދޭ ގަސްތަކާއި ޖާގައިގެ ތަނަވަސްކަމާއި ހަމަހިމޭންކަމާއެކު ކުރުވަނީ ތަފާތު ހިތްގައިމު ތަޖުރިބާއެކެވެ. މި ތަޖުރިބާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މިމަގުގައި ތަރައްގީކުރަމުން އަންނަ ރީތި ލަގްޒަރީ އެޕާޓްމަންޓް އިމާރާތްތަކެވެ.

ގޭތެރޭގައި އެމީހަކު ހިތް އެދޭ ގޮތަށް ކޮންމެ ކަމެއް ވެސް ބަދަލުކޮށްލެވިދާނެ އެވެ. ނަމަވެސް ގޭގެ ވިއު އަކީ ބަދަލު ނުގެނެވޭނެ އެއްޗެކެވެ. އާ ދުވަހަކަށް އަލިވިލޭ ވަގުތު ބޭރުބަލާލައި، ދެ ސިޓީ ދެމެދުގައިވާ ކަނޑުފަޅުގެ ރީތި މަންޒަރު ފެނުމަކީ ކޮންމެ ދުވަހަކަށް ހާއްސަކަމާއި އުފާވެރިކަމެއް ގެނުވާނެކަމެކެވެ. ސޮލިޓެއާއަކީ މި ހުވަފެނީ ތަޖުރިބާ ތިޔަބޭފުޅުންގެ ކޮންމެ ދުވަހެއްގެ ހަގީގަތަކަށް ހަދައިދޭނެ ތަނެކެވެ.

ބީޗުގައި ދުވަސް ހޭދަކޮށްލާ އާއިލާއާއި ރައްޓެހިންނާއެކު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހުޅުމާލެއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންގެ މެދުގައި މަގުބޫލު ތަނެކެވެ. ހަފުތާ ބަންދުގައި ހާއްސަކޮށް ހުޅުމާލެ ބީޗްފަރާތުގައި ކާރުބާރު ބޮޑެވެ. ފިތުރޯނު މަގަކީ ހުޅުމާލޭގެ ހުރިހާ ހިތްގައިމު ކަމެއް، ހަލަބޮލި ހިސާބުތަކާއި ދުރުން ލިބެން ހުރި މަގެކެވެ. ހުޅުމާލެ ބީޗްއަށް ސޮލިޓެއާއިން 10 މިނެޓުން ހިނގާލާފަ ދެވޭނެއެވެ. ހުޅުމާލެ ފެރީ ޓާމިނަލް އާއި ސެންޓްރަލް ޕާކަށް 2 މިނެޓުން ދެވޭނެ އެވެ.

ރިއަލް އެސްޓޭޓްގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އެސޮޓެކް ރިއަލްޓީގެ އެފިލިއެޓް ކުންފުނި ސެންޑަލް މޮރިޝަސްއިން ތަރައްގީކުރާ ސޮލިޓެއާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރު ކުރީކޮޅުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސޮލިޓެއާގައި ހުންނާނީ ޖާގަ ތަނަވަސް 1200 އަކަފޫޓުގެ ހަތަރު ކޮޓަރި އާއި ފާހަނަ ހިމެނޭ އެޕާޓްމަންޓް އެވެ. ކޮންމެ އެޕާޓްމަންޓެއްގައި ޕްރައިވެޓް ބެލްކަންޏާއި ބޮޑު ސިޓިން ރޫމަކާއި ޒަމާނީ ބަދިގެއެއް ހިމެނޭނެ އެވެ. އަންނައުނު ދޮވެ ހިއްކުމަށް ހާއްސަ ޖާގައެއް ވެސް ހިމެނޭނެ އެވެ. ސޮލިޓެއާގެ ކޮންމެ އެޕާޓްމަންޓެއް ފަރުމާ ކުރެވިފައި ވަނީ ދިރިއުޅުމުގެ ފަސޭހަ އާއި ހިތްފަސޭހަ ކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

ދުވާލު ގަޑީގައި ކަރަންޓަށް ބަރޯސާވާން ނުޖެހޭވަރަށް ގުދުރަތީ އަލި ލިބޭނެހެން އެޕާޓްމަންޓް ވަށައިގެން ކުޑަދޮރުތައް ހުންނާނެ އެވެ. ސާފު ވައި ދައުރުވުމާއި ގުދުރަތީ އަލި ލިބުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ޕްރައިވެޓް ބެލްކަނީގައި އާއިލާއާއެކު ވަގުތު ހޭދަކޮށްލާ ސައި ބޯލަން ތިބޭނެ ރަނގަޅު ޖާގައެއް ހުންނާނެއެވެ.

ސޮލިޓެއާގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުން ވަގުތެއްގައި ބޭނުން ހިފޭނެ ދުނިޔޭގެ ފެންވަރުގެ ޖިމެއް ހުންނާނެ އެވެ. މިޖިމަކީ ރީތި ވިޔުއެއް ފެންނަ އެންމެ ފަހުގެ އިކުއިޕްމަންޓް ހުންނާނެ ތަނެކެވެ. ޖިމްގެ ބޭރުގައި ކުޑަކުދިންނަށް ހާއްސަ ޕޫލެއް ހުންނާނެ އެވެ. ކަސްރަތު ކުރާ ގަޑީގައި އާއިލާގެ ކުޑަކުދިން އުޅޭ ނޫޅޭ ގޮތް ބަލާލެވޭނެހެން ކައިރީގައި ކުޅެން ތިބެވޭނެ ޖާގަ އޮތުމުން ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. މިފްލޯގައި ބޮޑު އިންފިނިޓީ ޕޫލެއް ވެސް ހުންނާނެއެވެ.

ސޮލިޓެއާ ފަރުމާކޮށްފައި ވަނީ އާއިލާގެ ކުދި ބޮޑު ހުރިހާ އެންމެނަށް ހިދުމަތްތައް ފަހިވާނެ ގޮތަށެވެ. ސޮލިޓެއާގެ ލޮބީ ފްލޯގައި ކުޑަކުދިންނަށް ހާއްސަ ކުޅޭ ތަނެއް ހުންނާނެ އެވެ. އެކި އުމުރުގެ ކުޑަކުދިން ޝައުގުވެރިވާނެ ހަރަކާތްތައް ހިމެނޭ ޕްލޭރޫމް ހަދާފައި ހުންނާނީ އެކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލައިގެންނެވެ.

ސޮލިޓެއާގެ އެންމެ ހާއްސަ މަގުބޫލު ތަނަކަށް ވާނީ އެޕާޓްމަންޓްތަކުގެ އެންމެ މަތީގައި ހުންނަ ޕެންޓްހައުސް އެވެ. ބޮޑު ޓެރަސްއަކާއެކު ފަރުމާކޮށްފައިވާ ޕެންޓްހައުސް އެޕާޓްމަންޓް ތަރައްގީކުރަނީ އެންމެ ޒަމާނީ ފެންވަރަށެވެ. ޓެރަސްގައި ނާސްތާކޮށްލާ ވަގުތު ހޭދަކޮށްލަން ހިޔާ ލިބޭ ޖާގަތައް ހުންނާނެއެވެ. ޕެންޓްހައުސްގައި އެތެރޭގެ ޖާގަ 2000 އަކަފޫޓަށް ވުރެ ބޮޑުވާނެ އެވެ.

ކަސްރަތާއި މުނިފޫހިފިލުވުން އަދި އާއިލާ އާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ހިތްގައިމު ކޮށްދޭނެ ސޮލިޓެއާ އިމާރާތްކުރުމުގެ މަސައްކަތް 24 މަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ނޮވެމަބަރު 17 ގައި ކްރޮސްރޯޑްސް މެރީނާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ސޮލިޓެއާގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެސޮޓެކް ރިއަލްޓީގެ ފައުންޑަ ނީރަޖް ގުލާތީ އެވެ. ސޮލިޓެއާ ނިންމައި، 2023 ގައި އެޕާޓްމެންޓްތައް ހަވާލުކުރުމަކީ އަމާޒެވެ.