Advertisement

ބައިނަލްއަގްވާމީ ޖަމިއްޔާއަކާ ގުޅެން މަޖިލީހުގެ ލަފާ ރައީސް ހޯއްދަވަނީ

11 ޖަނަވަރީ 2022 - 22:02 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ރައީސް ސޯލިހު (ވ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ސަލާމްކުރައްވަނީ.


ބައިނަލްއަގްވާމީ ޖަމިއްޔާއަކާ ގުޅެން މަޖިލީހުގެ ލަފާ ރައީސް ހޯއްދަވަނީ

11 ޖަނަވަރީ 2022 - 22:02 0

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ލަފާދިނުމާ އެކު އެކަމުގައި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އޯއޭސީޕީއެސް އަކީ 1975 ވަނަ އަހަރު ޖޯޖް ޓައުން އެގްރީމެންޓުގެ ދަށުން އުފައްދާފައިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގައި ހިމެނެނީ އެފްރިކާ ބައްރަށް ނިސްބަތްވާ ގައުމުތަކާއި ޖަޒީރާ ގައުމުތަކެވެ. މި ޖަމިއްޔާއަކީ ބައިނަލްއަގުވާމީ މަޝްރަހުގައި މި ގައުމުތަކުގެ ބާރު ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި ގުޅުން ރަނގަޅުކުރުމަށްޓަކައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭން މި ޖަމިއްޔާގެ މެމްބަރުމަށް ވުމުން ރާއްޖެއާ އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި ރާއްޖޭން ވަކާލާތުކުރަމުން އަންނަ މުހިއްމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވެ، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މީގެ އިތުރުން (މިކަމުން) އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ އެވެ. އެގޮތުން ދިވެހިރާއްޖޭން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެ އެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ 79 ގައުމަކުން ބައިވެރިވެފައިވާ މި ޖަމިއްޔާގައި ބައިވެރިނުވާ ޖަޒީރާ ހަމައެކަނި ގައުމެވެ.