Advertisement

ހައިޖެކް ކުރި ޔޫއޭއީ ބޯޓުގައި ފަސް ގައުމެއްގެ 11 ފަޅުވެރިން އެބަތިބި

11 ޖަނަވަރީ 2022 - 11:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ރަވާބީ" ހައިޖެކްކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށް އެކަމާމެދު ފިޔަވަޅު އަޅަން ގޮވާލި-- ފޮޓޯ: އަރަބް ނިއުސް


ހައިޖެކް ކުރި ޔޫއޭއީ ބޯޓުގައި ފަސް ގައުމެއްގެ 11 ފަޅުވެރިން އެބަތިބި

11 ޖަނަވަރީ 2022 - 11:46 0

އދ.، އެމެރިކާ (ޖެނުއަރީ 11) - ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ހައިޖެކް ކުރި ޔޫއޭއީގެ ބޯޓުގައި ފަސް ގައުމަކަށް ނިސްބަތްވާ 11 ފަޅުވެރިން ތިބި ކަމަށް ޔޫއޭއީ އިން އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސަށް އަންގައިފި އެވެ.

ޔޫއޭއީ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ ސިޓީގައި ބުނެފައި ވަނީ ފަޅުވެރިންގެ ގޮތުގައި ތިބީ އިންޑިއާގެ ހަތް މީހުންނާއި، އިތިއޮޕިއާ، އިންޑޮނީޝިއާ، މިޔަންމާ އަދި ފިލިޕީންސް މީހުން ކަމަށެވެ.

ޔޫއޭއީގެ ދިދައާ އެކު ދަތުރު ކުރަމުން ދިޔަ "ރަވާބީ" މުދާ އުފުލާ ބޯޓު ޖެނުއަރީ ދެ ވަނަ ދުވަހު ހައިޖެކް ކުރީ ހޫތީ ހަނގުރާމަވެރިންނެވެ. ޔޫއޭއީ އިން ބުނީ "ކަނޑުފޭރުމުގެ އަމަލު" ކުށްވެރި ކުރާ ކަމަށެވެ.

"ކަނޑުފޭރުމުގެ މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުގެ އަސާސީ މާއްދާތަކާ މުޅިން ހިލާފު އަމަލެއް،" ޔޫއޭއީގެ މަންދޫބު ލާނާ ނުސެއިބާ ސޮއިކުރައްވާ ޖެނުއަރީ ނުވަ ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވެ އެވެ.

"މިއީ ރަތް ކަނޑުގައި ދަތުރު ކުރުމާއި ބައިނަލްއަގްވާމީ ވިޔަފާރީގެ މިނިވަންކަމާއި ސަލާމަތަށް އޮތް ސީރިއަސް ނުރައްކަލެއް. އަދި މިއީ ސަރަހައްދާ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް."

ނުސެއިބާ ސިފަކުރެއްވި ގޮތުގައި "ރަވާބީ" އަކީ "އާއްމުންގެ މުދާ އުފުލާ ބޯޓެކެވެ." އެއީ ސައުދީ އަރަބިއްޔާގެ ކުންފުންޏެއްގެ އަތުން ކުއްޔަށް ނަގާފައިވާ ބޯޓެއް ކަމަށާއި ހައިޖެކް ކުރި އިރު އުފުލަމުން ދިޔައީ ފީލްޑް ހޮސްޕިޓަލަކަށް ބޭނުންވާ ސާމާނު ކަމަށް އޭނާ ވިދާޅުވި އެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ ބައިނަލްއަގްވާމީ ޝިޕިން ރޫޓަކުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޔަމަނުގެ ދިގު ދާހިލީ ހަނގުރާމަ ފެށީ 2014 ވަނަ އަހަރު ގާނޫނީ ސަރުކާރާ ދެކޮޅަށް ހޫތީން ތެދުވުމުންނެވެ. ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމާ އެކު ޔަމަންގެ ގާނޫނީ ސަރުކާރުން ސައުދީ އަރަބިއްޔާގެ އަސްކަރީ އެހީތެރިކަމަށް އެދުނެވެ.

އެއާ އެކު ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. ސައުދީ އިން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް އެހީވަނީ އިރާނުންނެވެ. ނަމަވެސް އިރާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.