Advertisement

ކޮވިޑް ކޭސްތައް އިތުރުވާތީ އިންޑިއާގައި ބޫސްޓާ ޝޮޓް ދޭން ފަށައިފި

11 ޖަނަވަރީ 2022 - 10:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ އުމުރުން ދުވަސްވީ މީހަކަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ދެނީ. -- ފޮޓޯ: އޭއެފްޕީ


ކޮވިޑް ކޭސްތައް އިތުރުވާތީ އިންޑިއާގައި ބޫސްޓާ ޝޮޓް ދޭން ފަށައިފި

11 ޖަނަވަރީ 2022 - 10:23 0

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 10) - އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން އިންޑިއާގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ދިނުމުގެ ކެމްޕެއިން ފަށައިފި އެވެ.

ކެމްޕެއިންގެ ފުރަތަމަ މަރުހަލާގައި ވެކްސިންގެ ތިން ވަނަ ޑޯޒް ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނާއި އުމުރުން 60 އަހަރުން މަތީގެ ބައްޔަށް ނާޒުކު މީހުންނަށެވެ.

ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައި ވާއިރު، މިދިޔަ އަހަރު އިންޑިއާގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އިރު ކޭސްތައް ހުރި މިންވަރާ ވަނީ ގާތްކޮށްފަ އެވެ.

ހޯމަ ދުވަހު 180،000 ކޭސް ރިޕޯޓު ކުރިއިރު، އެއީ ހަފުތާއެއް ކުރިއާ އަޅާ ބަލާއިރު ގާތްގަނޑަކަށް ހަ ގުނަ އިތުރެވެ. އާއްމު އެއްވުންތައް މަނާކޮށް، ބައެއް ހިސާބުތަކުގައި ރޭގަނޑުގެ ކާފިއު ދަނީ ހިންގަމުންނެވެ.

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ނުވަ މަސްވެފައިވާ ސިއްހީ މައްސަލަތައް ހުރި 60 އަހަރުން މަތީގެ މީހުންނާއި، ސިއްހީ މަސައްކަތްތެރިންނާއި އެހެނިހެން ފްރަންޓްލައިން މުވައްޒަފުންނަށް ވެސް މިހާރު ބޫސްޓާ ޑޯޒް ޖެހޭނެ އެވެ.

މިދިޔަ އަހަރު ޑެލްޓާ ވޭރިއެންޓާ އެކު އިންޑިއާގެ ހާލަތު ގޯސްވި އިރާ އަޅާ ބަލާއިރު، އެ ގައުމުން މިހާރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ޑެލްޓާގެ އަސަރުކޮށް، މަދު ހަފްތާތަކެއްގެ ތެރޭގައި އިންޑިއާ އިން 200،000 މީހުން މަރުވި ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ.

ނަމަވެސް އޭގެ ފަހުން އިންޑިއާގައި ވަނީ ކޮވިޑް ވެކްސިންގެ 1.5 ބިލިއަން ޑޯޒް ދީފަ އެވެ. އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް މިދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށި އެވެ.

އެހެން ގައުމުތައް ފަދައިން އޮމިކްރޯންގެ ސަބަބުން އިންޑިއާ އިން ވެސް މިހާތަނަށް މަރުވެފައި ވަނީ މަދު ބަޔެކެވެ. އާދީއްތަ ދުވަހު 146 މީހުން މަރުވި އިރު، ޑެލްޓާ ވޭރިއެންޓް ފެތުރުނު އިރު، ދުވާލަކު 4000 މީހުން މަރުވި އެވެ.