Advertisement

ސައުދީ އަރަބިއްޔާގެ ފެސްޓިވަލެއްގައި ދިން ހުށަހެޅުމެއްގެ މައްސަލަ ބޮޑުވެއްޖެ

10 ޖަނަވަރީ 2022 - 16:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ފެސްޓިވަލުގައި މައްސަލަ ޖެހުނީ ބްރެޒިލްގެ ސަގާފީ ނެށުމެއް ހުށަހެޅުމުގައި ބޭނުން ކުރި ހެދުމުގެ ނިވާކަން ކުޑަ ކަމަށް ބުނެ.


ސައުދީ އަރަބިއްޔާގެ ފެސްޓިވަލެއްގައި ދިން ހުށަހެޅުމެއްގެ މައްސަލަ ބޮޑުވެއްޖެ

10 ޖަނަވަރީ 2022 - 16:05 0

ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 10) - ސައުދީ އަރަބިއްޔާގެ ފެސްޓިވަލެއްގައި ބްރެޒިލް ސަގާފީ ނެށުމެއް ކަމަށްވާ ސަމްބާ ހުށަހެޅުމުގައި ބޭނުން ކުރީ ނިވާކަން ކުޑަ ހެދުންތަކެއް ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ބޭރު ގައުމަކަށް ނިސްބަތްވާ ސަމްބާ ނެށުންތެރިންތަކެއް ޖަޒަން ސިޓީގެ މައި މަގުގައި ހުށަހެޅުމެއް ދޭ މަންޒަރު ފެންނަ ވީޑިއޯތައް ފާއިތުވި ހަފުތާގައި ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އެއީ ޖަޒަން ވިންޓާ ފެސްޓިވަލުގައި ދިން ހުށަހެޅުމެކެވެ.

ނެށުންތެރިންގެ އަތާއި ފައި އަދި ބަނޑު ފެންނަ ހުރި އިރު، އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް އެ މީހުން ލައިގެން ތިބި ހެދުމަކީ އާއްމުކޮށް ސަމްބާ ހުށަހެޅުމުގައި ބޭނުންކުރާ ހެދުމަށް ވުރެ ނިވާކަން ބޮޑު ހެދުމެކެވެ.

ދައުލަތުގެ އެލް އެހްބަރިއްޔާ ޓީވީން އެ މަންޒަރު ދެއްކީ ބްލާކޮށްގެންނެވެ. ބައެއް މީހުން އެ ހުށަހެޅުން ދިފާއުކޮށް ޓީވީ އަށް އިންޓަވިއު ދީފައި ވާއިރު، ގިނަ މީހުން އަޑު އުފުލީ އެކަމާ ދެކޮޅަށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ މީހުން ވެސް ގޮވާލީ އިވެންޓު ބޭއްވި ފަރާތަށް ފިޔަވަޅު އެޅުމަށެވެ.

ފާޑުކިޔުން އަމާޒުވުމާ އެކު ޖަޒަންގެ ގަވަރުނަރު އަމީރު މުހައްމަދު ބިން ނާސިރް ވަނީ ތަހުގީގަކަށް އަމުރު ކުރައްވައި، އެފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އަންގަވާފަ އެވެ.

ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން އަންނަނީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ކުޅިވަރު ހަރަކާތްތަކާއި ސިނަމާ އާއި ފޯމިއުލާ ވަން ގްރޯން ޕްރީ ރޭހާއި ބޮޑެތި މިއުޒިކް ޝޯތައް ވެސް ބާއްވާފައި ވެ އެވެ.