Advertisement

ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ދެ މިލިއަނަށް އަރައިފި

9 ޖަނަވަރީ 2022 - 11:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑަށް ފަރުވާ ކުރާ ސިއްހީ މަސައްކަތްތެރިން.


ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ދެ މިލިއަނަށް އަރައިފި

9 ޖަނަވަރީ 2022 - 11:37 0

ޕެރިސް، ފްރާންސް (ޖެނުއަރީ 8) - ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް މުޅި ދުނިޔެ އިން ދުވާލަކު އެވްރެޖުކޮށް ދެ މިލިއަން ކޮވިޑް ކޭސް ރިޕޯޓުކޮށްފި އެވެ.

އޭއެފްޕީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10 ދުވަސް ތެރޭގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ކުއްލިއަކަށް ދެ ގުނަ އިތުރުވެފަ އެވެ.

ދުވާލަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު މިލިއަނަކަށް އެރީ ޑިސެމްބަރު 23 ވަނަ ދުވަހުގެ ފަހުންނެވެ. އޭގެ 10 ދުވަސް ފަހުން ދުވާލަކު ފެންނަ ކޭސްތައް ވަނީ 2.1 މިލިއަނަށް އަރާފަ އެވެ.

ނޮވެމްބަރު މަހުގެ ފަހުކޮޅު ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓު ދެކުނު އެފްރިކާ އިން ފެނުނު ފަހުން ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 270 ޕަސެންޓު އުފުލިފަ އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން މީހުން މަރުވާ އަދަދުތައް ވަނީ އޮކްޓޯބަރު 2020 ވަނަ އަހަރުގެ ފަހުން ދަށަށް ނުދާހާ މިންވަރަށް ދަށަށް ގޮސްފަ އެވެ. ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ދުވާލަކު މަރުވީ އެވްރެޖުކޮށް 6،237 މީހުންނެވެ.

އޮމިކްރޯންގައި ބަލީގެ އަލާމާތްތައް ފެންނަނީ އާދައިގެ މިންވަރަކަށެވެ. ނަމަވެސް ކުއްލިއަކަށް ކޭސްތައް އިތުރުވުމުން ސިއްހީ ނިޒާމުތަކަށް ބާރު ބޮޑުވެ މަރުތައް އިތުރުވެދާނެކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކުން ދީފައި ވެ އެވެ.

އެހެންކަމުން ގައުމުތަކުން ފިޔަވަޅުތައް ހަރުކަށިކޮށް، ވެކްސިން ޕްރޮގްރާމްގެ ދުވެލި ވަނީ އަނެއްކާވެސް ބާރުކޮށްފަ އެވެ.