Advertisement

ވިސާއާ ނުލާ ދިވެހިންނަށް ޗައިނާއަށް ދެވޭ ގޮތް ހަދައިފި

8 ޖަނަވަރީ 2022 - 18:18 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޗައިނާގެ ފޮރިންގް މިނިސްޓަރު ވާން ޔީ: މިއަދު ދެ ގައުމުގެ މެދުގައި ފަސް އެއްބަސްވުމަކު ސޮއި ކުރެވުނު -- ފޮޓޯ: ފޮރިން މިނިސްޓްރީ


ވިސާއާ ނުލާ ދިވެހިންނަށް ޗައިނާއަށް ދެވޭ ގޮތް ހަދައިފި

8 ޖަނަވަރީ 2022 - 18:18 0

ކުރިއާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ފަސޭހަކަމާއެކު ޗައިނާއަށް ދެވޭނެ މަގު، އެ ގައުމުން ފަހިކޮށްދީފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގަނެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭތީ، ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މަޝްވަރާ ކުރުމަށް ވާން ޔީ ކުރެއްވި މި ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެގޮތުން މިއަދު ސޮއިކުރި ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން މިހާރު ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލާ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ އެވެ.

ދިވެހިން ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުން އެއްބަސްވި އެވެ. ނަމަވެސް އެ އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުނެވެ.

މީގެއިތުރުން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށް ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް ހިންގަން އެއްވަސްވި އެވެ. އަދި އެ ގައުމުން އެޅި ސިނަމާލެ ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރި އެވެ. މިއީ މީގެކުރިން ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރި އެއްބަސްވުމެކެވެ.

ޗައިނާއިން މިއަދު އެއްބަސްވި އަނެއް ކަމަކީ ރާއްޖޭގެ ފަސް އަތޮޅެއްގައި ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއުމް ކޮށްދިނުމަށެވެ. އެ ގައުމުގެ ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ . ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގަ އެވެ. މި ޕްރޮޖެކްޓްގެ ދަށުން މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓްތަކެއް އެ ރަށްރަކުގައި ގާއިމްކުރާނެ އެވެ.

އިގްތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެގައުމުން ވަނީ 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭންވެސް އެއްބަސްވެފަ އެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެއް ކަމަށް އެ ގައުމުން ފާހަގަކުރެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް އަދާކުރައްވަމުން ގެންދަވާ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗައިނާގެ ފޮރިންގ މިނިސްޓަރ ވާންގް ޔީއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިންސާނީ ވަސީލަތާއި، އުމްރާނީ ތަރައްގީއާއި، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއިން ރާއްޖެއަށް އަބަދުވެސް ޗައިނާގެ އެހީ ރާއްޖެއަށް ލިބެމުންދާއިރު، ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.