Advertisement

ކޮވިޑް ކޭސްތަކުގެ އަދަދު 300 މިލިއަނަށް ވުރެ މައްޗަށް އަރައިފި

8 ޖަނަވަރީ 2022 - 11:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑަށް ޓެސްޓު ކުރަނީ. ދުނިޔޭގެ ޖުމްލަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 300 މިލިއަނަށް ވުރެ މައްޗަށް އަރާފައި.


ކޮވިޑް ކޭސްތަކުގެ އަދަދު 300 މިލިއަނަށް ވުރެ މައްޗަށް އަރައިފި

8 ޖަނަވަރީ 2022 - 11:47 0

ޕެރިސް، ފްރާންސް (ޖެނުއަރީ 8) - ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓުގެ ސަބަބުން ރިކޯޑް އަދަދަށް ކޮވިޑް ކޭސްތައް މަތިވަމުންދާ މި ދަނޑިވަޅުގައި ދުނިޔޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 300 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ފާއިތުވި ހަފުތާގައު 34 ގައުމަކުން ވަނީ ރިކޯޑް އަދަދަށް ކޭސްތައް ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫރަޕުގައި 18 ގައުމަކާއި އެފްރިކާގެ ހަތް ގައުމެއް ހިމެނެ އެވެ. އެހެން ވޭރިއެންޓުތަކަށް ވުރެ ހަލުވިކޮށް ފެތުރުނު ނަމަވެސް އޮމިކްރޯން ވޭރިއެންޓުގައި ސީރިއަސްވާ މިންވަރު ކުޑަ އެވެ.

މިދިޔަ ހަފުތާގައި މުޅި ދުނިޔެ އިން 13.5 މިލިއަން ކޭސް ރިޕޯޓު ކުރި އިރު އެއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 64 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް އެ މުއްދަތުގައި ކޮވިޑް ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ވަނީ ތިން ޕަސެންޓު ކުޑަވެފަ އެވެ.

ހުކުރު ދުވަހު ފްރާންސްގެ ޕަބްލިކް ހެލްތު އޮތޯރިޓީ އިން ބުނީ އޮމިކްރޯން ވޭރިއެންޓުގައި ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުމުގެ ފުރުސަތު 70 ޕަސެންޓު ކުޑަވާ ކަމަށެވެ. އެގޮތަށް ބުނީ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އިޒްރޭލުގެ ތަފާސްހިސާބަށް ބަލައިގެންނެވެ.

ނަމަވެސް މިހާރު ދުނިޔޭގައި ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް ދެ މިލިއަން ކޭސް ރިޕޯޓު ކުރަމުން ދާއިރު، އެހާ ގިނަ އަދަދެއްގެ ކޭސްތަކާ ކުރިމަތިލާން ޖެހުމުން ސިއްހީ ނިޒާމުތައް ހުއްޓުމަކަށް އައުމުގެ ބިރު އެބަ އޮތެވެ.

އެކަމަށް އިޝާރާތްކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވީ އޮމިކްރޯން އަކީ "އާދައިގެ" ވޭރިއެންޓެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.