މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯގެ ނަމުން ގަހަކަށް ނަން ދީފި އެވެ.
ސައިންސްވެރިންނަށް މުޅިން އަލަށް ފެނުނު މި ގަހަށް ޑިކެޕްރިއޯގެ ނަމުން ނަންދެވުނީ ގަސް ކެނޑުމުން އީބޯ ރެެއިންފޮރެސްޓް ސަލާމަތްކުރުމަށްޓަކައި އޭނާ ކުރި މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
'ޔޫވޭރިއޮޕްސިސް ޑި ކެޕްރިއޯ" ގެ ނަންދެވުނު މި ގަހަކީ މިހާތަނަށް ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން ފެނިފައި ނުވާ ގަހެކެވެ. މި ގަސް ފެނުނު ހަމައެކަނި ތަނަކީ ތަފާތު މުއްސަނދި ބައޯޑައިވާސިޓީއެއް ލިބިފައިވާ ކެމެރޯނިއަން ފޮރެސްޓް އެވެ.
ޔޫވޭރިއޮޕްސިސް ނަންދެވުނު ގަސް --
ޑިކެޕްރިއޯ ގެ. ގިނަ މަސައްކަތްތަކުން ސަލާމަތްކުރެވުނު އީބޯ ފޮރެސްޓްއަކީ މުޅި ސެންޓްރަކް އެފްރިކާގައިވެސް މިވަގުތު ބޭނުންނުކޮށް އޮތް އެންމެ ބޮޑު އެއް ފޮރެސްޓެވެ. މި ތަނުގައި ތަފާތު އެތަކެއް ގަސްގަހާގެހި ހިމެނޭއިރު, އެހެން ހިސާބުތަކުން ނުފެންނަ ފަދަ ގޮރިއްލާތަކާއި, ޗިމްޕްސް އަދި ފޮރެސްޓް ވެސް ދިރިއުޅޭ ކަމަށްވެ އެވެ. އަދި ފޮރެސްޓްތަކީ އެކި ޒާތުގެ ގޮވާމާއި, ކޮފީ އާއި ކޮކޯ ހައްސާ ދަނޑުވެރިންވެސް އުޅޭ ތަނެކެވެ.
"ޓައިޓޭނިކް" އިން ބޮޑު މަގުބޫލުކަމެއް ހޯދ ޑި ކެޕްރިއޯވަނީ އެ ޖަންގަލިން ގަސް ކަނޑާއި ހުސްކޮށްލުމާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް ބޮޓޭނިކް ގާޑްންސް ގެ ފަރާތުން މި ދިރާސާ ހަދާ ފަރާތްތަކުން ބުނާ ގޮތުގައި މިހާދުވަސްވަންދެން "ޔުވޭރިޕޯިސް" ނަސްލުގެ އެއްވެސް ގަހެއް ނުފެނުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ.
މި ގަސް ފާހަގަކުރަން އެންމެ ފަސޭހަވާނީ ގަހުގައި އަޅާ ރީދުލާއި ފެހީގެ ގަދަ ހަތަރު މަލުންނެވެ. ބެލެވޭ ގޮތުގައި މި ގަހަކީ އިންޑިއާގައާ, ފިލިޕިންސް, އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާގައި ހެދޭ އީލަންގް އީލަންގް ގަހާ ގާތް ގުޅުމެއް އޮންނަ ގަހެކެވެ.
މިހާތަނަށް ސައިންޓިސްޓުންނަށް ހޯދިފައިވާ ގޮތުން ދުނިޔޭގައި މިވަގުރު ހުރީ ޔޫވޭރިއޮޕްސިސް 50 ހަކަށް ގަހެވެ. އެހެންކަމުން މި ނަސްލަކީ ކޮންމެހެންވެސް ހިމާޔަތްކުރަންޖެހޭ އެއްޗަކަށް މިވަނީ ވެފަ އެވެ.
Comment