Advertisement

ކޭސްތައް އިތުރުވާނަމަ އޮމިކްރޯންއަށް ވުރެ ނުރައްކާ ވޭރިއެންޓުތައް ފެނިދާނެ: ޑަބްލިއުއެޗްއޯ

5 ޖަނަވަރީ 2022 - 10:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑް ވެކްސިން ޖަހާ ސެންޓަރެއް ޑިސްއިންފެކްޓު ކުރަނީ.


ކޭސްތައް އިތުރުވާނަމަ އޮމިކްރޯންއަށް ވުރެ ނުރައްކާ ވޭރިއެންޓުތައް ފެނިދާނެ: ޑަބްލިއުއެޗްއޯ

5 ޖަނަވަރީ 2022 - 10:58 0

ސްޓޮކްހޯމް، ސްވިޑަން (ޖެނުއަރީ 5) - އޮމިކްރޯން ވޭރިއެންޓާ ގުޅިފައިވާ ކޮވިޑް ކޭސްތައް އިތުރުވަމުންދާ ނަމަ އެއަށްވުރެ މާ ނުރައްކާ ވޭރިއެންޓުތައް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހަލުވިކަމާ އެކު އޮމިކްރޯން ފެތުރެމުން ދާއިރު، އޭގެ ސަބަބުން ބަލީގައި ސީރިއަސްވާ މިންވަރު ކުޑަ ކަމަށް ދިރާސާ އިން ދައްކަ އެވެ. ނަމަވެސް އޮމިކްރޯން ވޭރިއެންޓުން ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަކޮށްލާ ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެމެޖެންސީޒް އޮފިޒަރު ކެތެރިން ސްމޯލްވުޑް އޭއެފްޕީ އަށް ވިދާޅުވީ ކޭސްތައް އިތުރުވުމުން ބަލިމަޑުކަން ނިމުމުގެ ބަދަލުގައި، ނުރައްކާތެރި ހާލަތަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އޮމިކްރޯން ފެތުރޭ ވަރަކަށް، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލްވާ މިންވަރު އިތުރުވެ، ބަދަލުތައް އައުން އިތުރުވާނެ. އެހެންވީމަ މުޅިން އާ ވޭރިއެންޓެއް އުފެދުމުގެ ފުރުސަތު ބޮޑު. އޮމިކްރޯން ވެސް ވަރަށް ނުރައްކާ، މަރު ވާން ވެސް މެދުވެރިވޭ، އެކަމަކު އެއީ ޑެލްޓާ އަށް ވުރެ ކުޑަ ތަންކޮޅެއް ނުރައްކާ ކުޑަ ވޭރިއެންޓެއް. އެކަމަކު ދެން އުފެދޭ ވޭރިއެންޓަކުން ކުރާނެ އަސަރު ބުނަން އެނގޭނީ ކާކަށް؟" ސްމޯލްވުޑް ވިދާޅުވި އެވެ.

ބަލިމަޑުކަން ފެށުނު ފަހުން ޔޫރަޕުން 100 މިލިއަން ކޭސް ފެނިފައި ވާއިރު، ފަސް މިލިއަން ކޭސް ރިޕޯޓު ކުރީ މިދިޔަ ހަފުތާގަ އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ނުރައްކާތެރި މަރުހަލާއެއްގައި. ހުޅަނގު ޔޫރަޕްގައި ވަރަށް ހަލުވިކަމާ އެކު ބަލި ފެތުރޭތަން މި ފެންނަނީ. އޭގެން ކުރާނެ އަސަރު އަދިވެސް ޔަގީންކޮށް ބުނަން ނޭނގޭ."

އޮމިކްރޯން ޖެހުމުން ކުރާ އަސަރު ކުޑަވި ނަމަވެސް، އެއް ފަހަރާ ގިނަ ކޭސްތައް ފެނުމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެދާނެ ކަމަށް ސްމޯލްވުޑް ފާހަގަކުރެއްވި އެވެ.

އިނގިރޭސިވިލާތުން އަންގާރަ ދުވަހު ބުނީ މުވައްޒަފުން މަދުވެ، ހޮސްޕިޓަލްތަލަށް ބާރުބޮޑުވުމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. އެ ގައުމުން ފުރަތަމަ ފަހަރަށް ވަނީ 24 ގަޑިއިރުގެ ތެރޭގައި 200،000 ކޭސް ރިޕޯޓުކޮށްފަ އެވެ.