Advertisement

ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ސެކްޝަންތައް އުވާލައިފި

4 ޖަނަވަރީ 2022 - 15:03 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ސުޕްރިމް ކޯޓު: މިމަހުގެ ނިޔަލަށް ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ސެކްޝަންތައް އުވާލަން ޖެހޭ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ސެކްޝަންތައް އުވާލައިފި

4 ޖަނަވަރީ 2022 - 15:03 1

ހަ އަހަރަށްފަހު، ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ މައްސަލަ ބަލާ ސެކްޝަންތައް ސުޕްރިމް ކޯޓުން މިއަދު އުވާލައިފި އެވެ.

ފެމެލީ ކޯޓު އަދި ސިވިލް ކޯޓުގެ އިހްތިސޯސް ކަނޑައަޅައި، ވަކި ބާވަތުގެ މައްސަލަތައް ބެލުމަށް ސެކްޝަންތައް ހާއްސަކުރީ ސުޕްރީމް ކޯޓުން ކުރިން އާންމުކުރި ސަރކިއުލާއެއްގެ ދަށުންނެވެ.

ނަމަވެސް އެ ސެކްޝަންތައް އުވާލަން މިއަދު ނިންމީ ގާނޫނުގައި ތަރުތީބު ކުރެވިފައިވާ ގޮތަށް ހަމަހަމަ އުސޫލަކުން އެ ދެ ކޯޓުގެ މަސައްކަތްތައް ތަރުތީބު ނުކުރެވޭތީ ކަމަށް އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދްނާން ސޮއިކުރައްވާ ސުޕްރިމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ލިޔުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވާގޮތުން އަންނަ މަހުން ފެށިގެން މި އުސޫލު ތަންފީޒު ކުރުމަށްޓަކައި އެ ދެކޯޓުގެ ހުރިހާ ސެކްޝަނެއް އުވާލަން ޖެހެ އެވެ.

ކޯޓުތައް މިހާރު ބެހިފައިވާ ބައިތައް

ސިވިލް ކޯޓު ބެހިފައި ވަނީ ފަސް ސެކްޝަނަކަށް:

ބީ1 ސެކްޝަން: ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން

ބީ2 ސެކްޝަން: މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަން

ބީ3 ސެކްޝަން: މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަން

ބީ4 ސެކްޝަން: އިދާރީ މައްސަލަތައް ބަލާ ޑިވިޝަން

ބީ5 ސެކްޝަން: ހުކުމް ތަންފީޒު ކުރުމާއި ބެހޭ ޑިވިޝަން

ފެމެލީ ކޯޓު ބެހިފައި ވަނީ ހަތަރު ސެކްޝަނަކަށް

ސެކްޝަން 1: ހިބައާ ބެހޭ މައްސަލަތައް

ސެކްޝަން 2: ވާރިސުން ގިންތިކުރުމުގެ މައްސަލަތައް

ސެކްޝަން 3: ވަސިއްޔަތާއި ތަރިކައިގެ މައްސަލަތައް

ސެކްޝަން 4: މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް