Advertisement

ޕާކިން ޒޯންގެ ގުރުނެގުން ބާތިލްކޮށްފި

4 ޖަނަވަރީ 2022 - 13:58 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމާށް ހުޅުވާލި ނަމަވެސް ދޫކޮށްފައި ވަނީ 211 ޖާގައި-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


ޕާކިން ޒޯންގެ ގުރުނެގުން ބާތިލްކޮށްފި

4 ޖަނަވަރީ 2022 - 13:58 1

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމަށް ހުޅުވާލާފައިވާ އިއުލާންތައް މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފި އެވެ.

ޒޯންތައް ލިބުނު މީހުންގެ ގުރުނެގުން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހެވެ. ޕާކިން ޖާގަތައް ދޫކުރުމަށް ނެގި ގުރު ނެގުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެކަމާ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ މީހުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން ބާތިލް ކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން އެގޮތަށް ނިންމީ، ޕާކިން ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކޮށް، ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިއުލާން ކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިޓީ ކައުންސިލަށް އަންގާފައި ވާތީ އެވެ.

އެހެން ކަމުން، ޕާކިން ސްލޮޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންތައް ބާތިލްކޮށް އަލުން ޕާކިން ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށެވެ.

މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް, އެކަމުގައި ގޯސްތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭސީސީއަށް ހުށަހެޅި އެވެ.