Advertisement

މިއީ އިނގިރޭސި ވިލާތަށް އެންމެ ހޫނުކޮށް ފެށި އާ އަހަރު

2 ޖަނަވަރީ 2022 - 11:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި ރައްޔިތުންތަކެއް އާ އަހަރު ފާހަގަކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް


މިއީ އިނގިރޭސި ވިލާތަށް އެންމެ ހޫނުކޮށް ފެށި އާ އަހަރު

2 ޖަނަވަރީ 2022 - 11:00 0

މި އަހަރުގެ ފުރަތަމަ ދުވަހަކީ މިހާތަނަށް އިނގިރޭސިވިލާތަށް އެންމެ ހޫނުވި އާ އަހަރުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ މެޓް އޮފީހުން ބުނެފި އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ފުރަތަމަ ދުވަސް ފެށިއިރު، ލަންޑަންގެ މެދުތެރޭގައި އޮންނަ ސެއިންޓް ޖޭމްސް ޕާކް ހިސާބަށް ފިނިހޫނުމިން ހުރީ 16.3 ޑިގްރީ ސެލްސިއަސް ގަ އެވެ.

މީގެ ކުރިން އިނގިރޭސިވިލާތަށް އެންމެ ހޫނުކޮށް ފެށި އާ އަހަރު އައީ 1916 ވަނަ އަހަރު އެވެ. އެ ފަހަރު ކޯންވޯލްގެ ބޫޑް ހިސާބަށް ފިނިހޫނުމިން ހުރީ 15.6 ޑިގްރީ ސެލްސިއަސް ގަ އެވެ.

މެޓް އޮފީހުން ބުނީ އާދީއްތަ ދުވަހު ވެސް ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވެނީ އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް މަތިކޮށް ކަމަށެވެ.

ހޫނުވުމުގެ ސަބަބުން ލަންޑަންގެ ސޮމަސެޓް ހައުސްގައި ހުންނަ ސްކޭޓިން ރިންކް ވެސް ވަނީ އާ އަހަރުގެ ފުރަތަމަ ދުވަހު ބަންދުކުރަން ޖެހިފަ އެވެ.