Advertisement

ސޮލިޓެއާ: ކޮންމެ ދުވަހެއްގެ ނިމުން އިރު އޮއްސޭ މަންޒަރާއެކު

31 ޑިސެންބަރު 2021 - 09:30 0

ސޮލިޓެއާގެ ޑިލަކްސް އެޕާޓްމެންޓުގެ ކޮޓަރިއެއްގެ ކުރެހުމެއް.


ސޮލިޓެއާ: ކޮންމެ ދުވަހެއްގެ ނިމުން އިރު އޮއްސޭ މަންޒަރާއެކު

31 ޑިސެންބަރު 2021 - 09:30 0

ދުވަސް ފެށިގެން އަންނައިރު ބޯލާ ކޮފީ ތަށި މާލެ ސިޓީގެ މަލަމައްޗާއި ހުޅުމާލެއާ ދެމެދުވާ ކަނޑުގެ ހިތްގައިމު މަންޒަރާއެކު އިންސާފު ކޮށްލުމަކީ ދުވަސް ފަށަން ވަރަށް ހިތްގައިމު ގޮތެކެވެ.

ސޮލިޓެއާއަކީ ހުޅުމާލެ ބީޗަށް ހިނގާލާފައި 10 މިނެޓުން ދެވޭ ހިސާބުގައި، ބޮޑެތި ގަސްތަކުން ތާޒާކަމާއި ހިޔާ ލިބިފައިވާ ހުޅުމާލޭގެ އެންމެ ހިތްގައިމު ފިތުރޯނު މަގުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓް ބިލޑިންގް އެކެވެ. ފިތުރޯނު މަގަކީ ހުޅުމާލޭގެ ފާހަގަކޮށްލެވޭ އެންމެ ހައި އެންޑް ލަގްޒަރީ އެޕާޓްމަންޓްތަކާ ހިދުމަތްތަކަށް ހާއްސަކޮށްގެން ތަރައްގީކުރަމުން ގެންދާ މެގެކެވެ. އަދި މުސްތަގުބަލުގައި މި ސަރަހައްދު ވެގެންދާނީ ހުޅުމާލޭގެ އެންމެ ރީތި، ދިރިއުޅެން ރަނގަޅު ސަރަހައްދަށެވެ.

ސޮލިޓެއާ އިމާރާތްކުރާ ސަރަހައްދު ފާހަގަކޮށްފައި


ސޮލިޓެއާގެ ފަރުމާއިން ފެނިގެންދަނީ ވަރަށް ތަފާތު ހިތްގައިމުކަމެކެވެ. އެ ތަނުގެ ކޮންސެޕްޓް ތަރައްގީކޮށްފައިވަނީ ދިރިއުޅުމުގެ ފަސޭހަކަމުގެ އިތުރުން ހިތްފަސޭހަކަމާ ދުޅަހެޔޮ މުޖުތަމައަކަށް މަގުފަހިވާނެހެންނެވެ. އެންމެ ތިރި (ލޮވަ ގްރައުންޑް ފްލޯ) ގައި ވެހިކަލް ވަދެ ނިކުތުމަށް ހާއްސަ އެންޓްރަންސް އކާއި އެގްޒިޓް އަކާއި އަދި ޕާކިން ހިމެނެ އެވެ. ކުނި އެއްތަންކޮށް އުކާލުމަށް ވަކި ނިޒާމަކާއި، އަލިފާން ނިއްވުމަށް ބޭނުންވާ ތަކެއްޗާއި ފެނުގެ ހިދުމަތް މެނޭޖްކުރުމަށް ބޭނުންވާ ސާމާނު އެ ފްލޯގައި ހުންނާނެ އެވެ. އަޕަ ގްރައުންޑް ފްލޯގައި ޖާގަ ތަނަވަސް ލޮބީއެއްގެ އިތުރުން އާންމު ފާހާނާއަކާއި ރީޓެއިލް ފިހާރަތައް ހުންނާނެ އެވެ. އަދި އެ ފްލޯގައިވެސް އިތުރު ޕާކިން ޖާގަތައް ހުންނާނެ އެވެ. އަޕަ ގްރައުންޑް ފްލޯގެ މައްޗަށް ހުންނަ މެޒަނިން ފްލޯގައި ކުޑަކުދިން ކުޅެން ހާއްސަ ތަނެއްގެ އިތުރުން ބައިސްކަލް ޕާކުކުރާ ތަނެއްވެސް ހުންނާނެ އެވެ.

ފޮޓޯ: ގްރައުންޑް ފްލޯގައި ހުންނާނެ ފިހާރަ އަދި މެޒަނައިން ފްލޯގައި ހުންނާނެ ކުޑަކުދިންނަށް ހާއްސަ ކޮޓަރި


މެޒަނިން ފްލޯގެ މައްޗަށް ހުންނާނީ ޑިލަކްސް އެޕާޓްމަންޓް ފްލޯތަކެވެ. ކޮންމެ ފްލޯއެއްގައި 1،200 އަކަފޫޓަށް ވުރެ ބޮޑު އަށް އެޕާޓްމަންޓާއި ކަނޑުގެ ވިއު ލިބޭ ހަތަރު އެޕާޓްމަންޓް އަދި ބަގީޗާ ވިއުގެ 4 އެޕާޓްމަންޓް ހުރެ އެވެ. ޑިލަކްސް އެޕާޓްމަންޓް ފްލޯތަކުގެ އެންމެ މަތީގައި 2500 އަކަފޫޓަށް ވުރެ ބޮޑު ޕެންޓްހައުސްއެއް ހުންނާނެ އެވެ. ޕެންޓްހައުސް ވަށައިގެންވާ 700 އަކަފޫޓަށް ވުރެ ބޮޑު ޕްރައިވެޓް ޓެރަސް ފަރުމާކޮށްފައި ވަނީ ހަވީރުސަޔާއި އެކު އިރުއޮއްސޭ މަންޒަރު ބަލާލަން ތިބުމަށް އެކަށީގެންވާ ގޮތަށެވެ.

ސޮލިޓެއާ އެޕާޓްމެންޓް ބިލްޑިންގެ ކުރެހުމެއް


ސޮލިޓެއާގެ ޓެރަސް ވެގެންދާނީ ހިތްފްސޭހަކަމާ ދުޅަހެޔޮކަމުގެ މައިޒާނަކަށެވެ. ދިރިއުޅޭ މީހުންނަށް ހާއްސަ ދުނިޔޭގެ ފެންވަރުގެ ޖިމްއެއް ހުންނާނެއެވެ. އިމާރާތުން ނުނިކުމެ ބޭނުން ވަގުތަކު ބޭނުންރެވޭނެ މި ކަސްރަތު ކަރުކަޒު ވާނީ ސޮލިޓެއާގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމަކަށް ފަސޭހައިން މަގުފަހިކޮށްދޭނެ ތަނަކަށެވެ. ޖިމްގެ ބޭރުގައި ކުޑަކުދިންނަށް ހާއްސަ ޕޫލެއްގެ އިތުރުން އިންފިނިޓީ ޕޫލެއްވެސް ހުންނާނެ އެވެ. މީގެ އިތުރުން ޓެރަސްގައި ކްލަބްހައުސް ލައުންޖެއް ހުންނާނެ އެވެ. ކްލަބްހައުސްގައި ޕޫލް ކުޅޭ މޭޒަކާއި، 360 ސަރައުންޑް ސައުންޑް ސިސްޓަމެއް ހުންނާނެ އެވެ. އިށީނދެލައިގެން ތިބެވޭނެ އެކި ސީޓިން އެރޭންޖްމަންޓްތަކާ އެކު އެކި ހަފްލާތަކަށް ކޭޓަރިން ހަމަޖެއްސޭނެ އިންތިޒާމު ވެސް ކްލަބްހައުސްގައި ހުންނާނެ އެވެ.

ޑިލަކްސް އެޕާޓްމެންޓްގެ ރީމެއް، ޒަމާނީ ފެންވަރުގެ ޖިމް އަދި ޖިމްގެ ބޭރަށް ހުންނާނެ ޑެކާއި ޕޫލް ސަރަހައްދު


ސޮލިޓެއާއަކީ ސެންޑަލް މޮރިޝަސްގެ ކުންފުނީގެ ދެވަނަ މަޝްރޫއުއެވެ. ސެންޑަލް މޮރިޝަސްއަކީ ދިވެހިރާއްޖޭގައި އެސޯޓެކް ރެއަލްޓީއިން ހޮސްޕިޓާލިޓީއާއި ލަގްޒަރީ ރިއަލް އެސްޓޭޓް ބިނާކުރުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެސޮޓެކް ރިއަލްޓީއަކީ އިންޑިއާގައި ރެޒިޑެންޝަލް ހައުސިން، އޮފީސް އަދި ހޮސްޕިޓާލިޓީ ރިއަލް އެސްޓޭޓް ދާއިރާއިން ދިގު ތަޖުރިބާގެ މަގެއް ކަޑައްތުކޮށްފައިވާ ކާމިޔާބު ކުންފުންޔެކެވެ. ސޮލިޓެއާގައި ކޮންމެ ދުވަހެއްގެ ނިމުން ބައްދަލުކުރާނީ އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަމާއެކު އެވެ.