Advertisement

އެމްއައިބީގެ ސީއީއޯ މަގާމުން ވަކިކޮށްފި

30 ޑިސެންބަރު 2021 - 13:51 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިސްލާމިކް ބޭންކު އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން


އެމްއައިބީގެ ސީއީއޯ މަގާމުން ވަކިކޮށްފި

30 ޑިސެންބަރު 2021 - 13:51 1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު އަބުލް އެހްތިޝާމް އަބުދުލް މުހައިމެން މަގާމުން ވަކިކޮށްފި އެވެ.

އެމްއައިބީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަބުލްއެހްތިޝާމް މިއަދުން ފެށިގެން މަގާމުން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި އެ ބޭންކުގެ ބޯޑުގެ ބައްދަލަވުމުން ކަމަށެވެ. އޭނާ މަގާމުން ވަކިކުރީ، ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީ އަކާއި އޮޑިޓް އަދި ޕޮރޮސެސް ރިވިއު އަށް ފަހު އެވެ.

އޭނާ މަގާމުން ވަކިކުރަން ނިންމުމުގެ ކުރިން، އޮކްޓޯބަރު 26 އިން ފެށިގެން މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާކަމާއި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭ ގޮތުން އިންކުއަރީއެއް ހިންގަން ނިންމާފައިވާ ކަމަށް އޮކްޓޯބަރު 30 ގައި އެމްއައިބީ އިން ބުނެފައިވެ އެވެ.

އެ އިންކުއަރީ އަށް ފަހު އަބުލްއެހްތިޝާމް މަގާމުން ވަކިކުރަން ބޯޑުން ނިންމީ ބޭންކިން ދާއިރާއާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ފިޓް އެންޑް ޕޮރޮޕާ" ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭ ކަމަށް ފެންނާތީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެން ކަމުން 30 ޑިސެމްބަރު 2021 އިން ފެށިގެން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަގާމުން ވަކިކުރުމަށް ބޯޑުން ނިންމާފައިވާކަން އެންމެހާ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި އަންގަމެވެ،" އެމްއައިބީގެ ބަޔާނުގައިވެ އެވެ.

އެ ބޭންކުގެ ސީއީއޯ އާއި އެމްޑީގެ މަގާމަން ބަންގްލަދޭޝްގެ އަބްދުލް އެހްތެޝާމް އައްޔަނު ކުރީ 2019 ގަ އެވެ.

މިވަގުތު އެމްއައިބީގެ އެކްޓިން ސީއީއޯގެ ހައިސިއްޔަތުން ބޭންކު ހިންގަމުން ދަނީ، ސީއޯއޯ އަހްމަދު ރިޟާ ކަމަށް ވެސް ވެސް އެ ބޭންކުން ބުންޏެވެ.