Advertisement

އެޗްޑީސީގެ ލޯނުތައް ހުރީ ރަޖިސްޓްރީއުވުމުން ޑިފޯލްޓްވާ ގޮތަށް، ލޯނުގެ ޖުމްލަ 700 މިލިއަން ޑޮލަރަށްވުރެ ގިނަ

29 ޑިސެންބަރު 2021 - 15:16 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓި ކައުންސިލުން ބާތިލް ކުރީ ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ހުއްދަ ނަގަންޖެހޭނެ ކަމަށް ބުނެފައި އޮއްވާ -- ފޮޓޯ: އަދަދު ފައިލް


އެޗްޑީސީގެ ލޯނުތައް ހުރީ ރަޖިސްޓްރީއުވުމުން ޑިފޯލްޓްވާ ގޮތަށް، ލޯނުގެ ޖުމްލަ 700 މިލިއަން ޑޮލަރަށްވުރެ ގިނަ

29 ޑިސެންބަރު 2021 - 15:16 1

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިން ނަގާފައިވާ ބައެއް ލޯނުތައް ހުރީ، ބިމުގެ މިލްކުވެރިކަން ގެއްލޭ ހިސާބުން ޑިފޯލްޓްވާ ގޮތަށްކަން ހާމަވެއްޖެ އެވެ.

ލޯނެއް ޑިފޯލްޓްވުމުން، ލޯނުގެ ގޮތުގައި ނެގި ފައިސާ ދައްކަން ޖެހޭނީ އެކީ އެއްފަހަރާ އެވެ. އެޗްޑީސީން ލޯނުތައް ނެގިއިރު ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއް އޮތީ އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފަ އެވެ. ނަމަވެސް މި ޑިސެމްބަރު 8، ގައި މާލޭ ސިޓީ ކައުންސިލުން ވަނީ ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

"އަދަދު"އަށް ލިބުނު ކޮޕީތަކުގައިވާ ގޮތުން އެޗްޑީސީން ނަގާފައިވާ ބައެއް ލޯނުތަކުގައި "އިވެންޓް އޮފް ޑިފޯލްޓް"ގެ ގޮތުގައި އޮތީ ހަމަ އެކަނި މިލްކިއްޔާތެއް ގެއްލުމެއް ނޫނެވެ. މިލްކިއްޔާތެއް ގެއްލުމުގެ ފުރުސަތު އޮންނަ ފަދަ ގާނޫނީ "ހަނގުރާމައެއް ފެށޭ" ހިސާބުން ވެސް ލޯނު ޑިފޯލްޓްވާ ގޮތަށެވެ. އެ ކްލައުސް އޮތީ އެޗްޑީސީން އެގޮތަށް ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު ލޯނުގަ އެވެ.

ޗައިނާގެ އިންޑަސްޓްރިއލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ) އިން ނަގާފައިވާ އެ ލޯނަކީ 368.9 ޑޮލަރުގެ ލޯނެކެވެ.

"..މާލީ ޑޮކިއުމެންޓްތަކުގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގައިވާ ޑޮކިއުމެންޓަތާކާ ގުޅޭ ގޮތުން ނުވަތަ ގްރޫޕްގެ މެމްބަރަކާ ނުވަތަ އެެސެޓްތަކާ ގުޅޭ ގޮތުން ނުވަތަ ގެރެންޓާއަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް، އާބިޓްރޭޝަނެއް، ސަރުކާރުން އަޅާ ފިޔަވަޅެއް، އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ނުވަތަ ތަހުގީގެއް ފެށުން ނުވަތަ ފަށައިފާނެ ކަމުގެ ބިރު އުފެދުން،" އައިސީބީސީގެ ލޯނު ޑިފޯލްޓްވާނެ ފުރަތަމަ ސަބަބެއް ކަމަށް އެއްބަސްވުމުގައިވެ އެވެ.

ދެވަނަ ސަބަބަކަށް އޮތީ އެފަދަ ފިޔަވަޅެއްގެ އިތުރުން، ނެޝަނަލައިޒްކުރުން ފަދަ ސިޔާސީ އެހެން ނިންމުމަކުން ވެސް އެފަދަ އެސެޓެއް ގެއްލޭ ހާލަތެވެ.

ދެވަނަ ފޭސްގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމުން ޑިފޯލްޓް ވުމުގެ ބިރުހީވެފައިވާ ދެވަނައަށް އެންމެ ބޮޑު ލޯނަކީ ޗައިނާ ޑިވެލޮޕްމެންޓް ބޭންކް (ސީޑީބީ) އިން ނަގާފައިވާ 159 މިލިޔަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނުގެ އެއްބަސްވުމުގައި ޑިފޯލްޓްވާނެ ފުރަތަމަ ސަބަބެއްގެ ގޮތުގައި އޮތީ ލޯނު ނެގި ފަރާތުން (އެޗްޑީސީން) ކުރާ ވިޔަފާރިއެއް ނުވަތަ ވިޔަފާރިއެއްގެ މާއްދީ ބައި ކުރިއަށް ނުގެންދެވުން ނުވަތަ ހުއްޓައިލުމެވެ. ދެވަނަ ސަބަބަކަށް އެ އެއްބަސްވުމުގައި ވެސް އޮތީ އެސެޓެެއް ދައުލަތަށް ނެގުން، ނެޝަނަލައިޒްކުރުން ފަދަ ފިޔަވަޅެއްގެ ސަބަބުން ވިޔަފާރިއަށް އަސަރު ކުރުމެވެ.

އެޗްޑީސީން މި ޝަރުތާއި އެކު ނަގާފައިވާ އަށް ލޯނެއް އެބަ އޮތެވެ. އެއީ:

  1. ފްލެޓް އަޅަން އައިސީބީސީން ނެގި، 368.9 ޑޮލަރު
  2. ފްލެޓް އަޅަން ސީޑީބީން ނެގި 159 މިލިޔަން ޑޮލަރު
  3. ފްލެޓް އަޅަން ކްރެޑިޓް ސުއިސް އިން ނެގި 65.1 މިލިޔަން ޑޮލަރު
  4. ހުޅުމާލެ ލިންކް ރޯޑް ހަދަން އައިސީބީސީން ނެގި 30.9 މިލިޔަން ޑޮލަރު
  5. ދެވަނަ ފޭސްގެ މަގުތައް ހަދަން އިންޑިއާ އެގްޒިމް ބޭންކުން ނެގި 34.1 މިލިޔަން ޑޮލަރު
  6. ދެވަނަ ފޭސްގެ މަގުތައް ހަދަން އިންޑިއާ އެގްޒިމް ބޭންކުން ނެގި 19.2 މިލިޔަން ޑޮލަރު
  7. ދެވަނަ ފޭސްއަށް ކަަރަންޓް ދިނުމުގެ މަސައްކަތްތަކަށް ލަންކާގެ ސޭލާން ބޭންކުން ނެގި 16.8 މިލިޔަން ޑޮލަރު
  8. ފްލެޓް އަޅަން ބޭންކް އޮފް ސިލޯނުން ނެގި 19.9 މިލިޔަން ޑޮލަރު
  9. ހުޅުމާލޭގެ ރަޖިސްޓްރީ އިދިކޮޅު ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރީ، ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބޭއްވުމަށް ހުއްދައެއް ނަގަންޖެހޭނެ ކަމަށް ބުނުމާއެކު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރޭގަ އެވެ.

    ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ އެޗްޑީސީގެ ފަރާތުން ވަނީ މިހާރު އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ބިމުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ކައުންސިލުން ނިންމި ނިންމުމަށް ވަގުތީ ގޮތުން އަމަލު ނުކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރެއް ވެސް ނެރަފަ އެވެ.