Advertisement

އެމްޓީޑީން ވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ

25 ޑިސެންބަރު 2021 - 18:01 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ބުނީ މަހުގެ 27 ވާ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް--- ފޮޓޯ: އިންޑިޕެންޑެންޓް މޯލްޑިވްސް


އެމްޓީޑީން ވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ

25 ޑިސެންބަރު 2021 - 18:01 1

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ވެސް ކެންޑިޑޭޓަކު ނެރެން ނިންމައި، މިއަދު އެކަން އިއުލާނުކޮށްފި އެވެ.

މީގެ ކުރިން އެ ޕާޓީން ހަމަޖައްސާފައި ވަނީ އެ ދާއިރާއަށް މީހަކު ނުނެރުމަށެވެ. ނަމަވެސް އެ ޕާޓީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރެން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ޕާޓީގެ މެންބަރުން ފޯމަކުން ކުރިމަތިލުމަށް އެ ޕާޓީން އެދިފައިވެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގެ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އާއި އެމްޑީޕީން އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ ކެންޑިޑޭޓުންވެސް ވަނީ ފައިނަލް ކޮށްފަ އެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާއިރު އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސްއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.