Advertisement

ސޮލަޓެއާ: މޮޅު ފަރުމެއް، ޒަމާނީ، ހިތްފަސޭހަ އެޕާޓްމަންޓްތަކެއް

24 ޑިސެންބަރު 2021 - 16:19 3

ހުޅުމާލޭގައި ބިނާކުރާ ސޮލަޓެއާގެ ކުރެހުމެއް: ހިތްގައިމު އަދި މޮޅަށް ތައްޔާރުކުރާ އެޕާޓްމެންޓްތަކެއް


ސޮލަޓެއާ: މޮޅު ފަރުމެއް، ޒަމާނީ، ހިތްފަސޭހަ އެޕާޓްމަންޓްތަކެއް

24 ޑިސެންބަރު 2021 - 16:19 3

ހުޅުމާލޭގެ އެންމެ ހިތްގައިމު ސަރަހައްދުގައި އިންޑިއާ ކަނޑު ކުރިމަތިން ފެންނާނެހެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސޮލިޓެއާ ވެގެންދާނީ ހުޅުމާލޭގެ އެންމެ މަގުބޫލު އެޕާޓްމަންޓް ރެޒިޑެންސްއަށެވެ. ސޮލިޓެއާ އިމާރާތްކުރުމުގެ ފޯވަހި ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 2022 ގައެވެ.

ލަކްޒަރީ އެޕާޓްމަންޓްތަކަށް އޮތް ޑިމާންޑް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. ލަކްޒަރީ އެޕާޓްމަންޓަކުން ލިބިދޭ ފައިދާތަކާއި، ތައާރަފްވަމުން އަންނަ ޒަމާނީ ހިދުމަތްތަކާއެކު މާލެ ސަރަހައްދުގައި ދިރިއުޅުން ބިނާކުރާ ގިނަ އަދަދެއްގެ އާއިލާތައް ބައިބޯ ހިސާބުތަކުގައި ގޭގޭގައި އުޅުމުގެ ބަދަލުގައި ލަކްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި ދިރިއުޅެން ބޭނުންވެ އެވެ. އެޕާޓްމަންޓް ކޮމްޕްލެކްސް ތަކަކީ ރައްކާތެރި ހިތްފަސޭހަ ޒަމާނީ ހިދުމަތްތަކާ އެކު ދިރިއުޅުން ފަސޭހަ މާހައުލެކެވެ.

އެގޮތުން ސޮލިޓެއާ ވެގެންދާނީ ކުދި ބޮޑު އާއިލާތަކަށްވެސް މަގުބޫލު ހިތްފަސޭހަ އެޕާޓްމަންޓް ކޮމްޕްލެކްސްއަކަށެވެ. ސޮލިޓެއާގައި ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ 3+1 ކޮޓަރި ހުންނަ އެޕާޓްމަންޓްތަކެކެވެ. އަދި އެންމެ ފެންވަރު ރަނގަޅު ކަސްރަތު ޖިމްނޭސިއަމްއަކާއަކު ހިނގާލާ ކަސްރަތުކޮށްލާނެ އައުޓްޑޯ ޑެކެއް ހުންނާނެ އެވެ. އިންފިނިޓީ ޕޫލަކާ ކުޑަކުދިންނަށް ހާއްސަ ސްވިމިން ޕޫލެއްވެސް ހުންނާނެ އެވެ.

ސޮލަޓެއާގެ ގޭވެރިންނަށް ޚާއްސަކުރެވިފައި ހުންނާނެ ޑެކް އަދި އިންފިނިޓީ ޕޫލް


ސޮލިޓެއާގައި އާއިލާތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެހެން ވިޔަފާރި އާއި އިޖުތިމާއީ ހަރަކާތްތަކަށް ހާއްސަ ސަރަހައްދުތަކާއި ގްރައުންޑް ފްލޯގައި ފިހާރަތައް ހުންނާނެއެވެ. އަދި ޕޫލް ޓޭބަލްއަކާއިއެކު ކްލަބްހައުސްއެއް ހުރެ އެވެ. ކްލަބްހައުސް ފަރުމާ ކުރެވިފައިވަނީ މުނިފޫހިފިލުވުމާ އިޖުތިމާއީ ހަރަކާތްތަކަށް މީހުން އެކުގައި ވަގުތު ހޭދަކޮށްލަން ރަނގަޅު މާހައުލެއްގެ ގޮތުގަ އެވެ. 360 ސަރައުންޑް ސައުންޑް ސިސްޓަމާއި، އިށީނދެ ތިބެލާނެ ތަންތަނުގެ އިތުރުން ބިލަތް މީރުކޮށްލުމާ ސައި ޕާޓީތައް ބާއްވާލަން ބުފޭ ސެޓްއަޕްއެއްވެސް ކްލަބްހައުސްގައި ހުންނާނެ އެވެ.

މި ހިދުމަތްތަކާ ވަސީލަތްތައް ސޮލިޓެއާއިން ލިބެން ހުރުމަކީ ސޮލިޓެއާގައި ދިރިއުޅުން ފަސޭހަވުމުގެ އިތުރުން ހުރިހާ އާއިލާއެއްގެ މެދުގައި ރައްކާތެރި އެކުވެރި މާހައުލަކާއި މުޖުތަމައުއެއް އުފެދިގެންދާނެ ކަމެކެވެ. ސޮލިޓެއާ އަކީ ހަމައެކަނި އިމާރާތެއް ނޫނެވެ. ސޮލިޓެއާ އަކީ ބަދަހި މުޖުތަމައެއް ދިރިއުޅޭ ތަނަކަށް ވެގެންދާނެ އެވެ.

ލަކްޒަރީ އެޕާޓްމަންޓްތަކުގައި އެންމެ ފާހަގަ ކޮށްލެވޭ ތަފާތު އެއްކަމަކީ ރައްކާތެރިކަމެވެ. ސޮލިޓެއާ ފަރުމާ ކޮށްފައި ވަނީ ކުޑަކުދިންނާއި އިސް ރަށްވެހިންނަށް ވެސް ރައްކާތެރި މާހައުލެއް އުފެއްދުމުގެ ވިސްނުމާއެކު އެވެ.

ސޮލަޓެއާގެ ގޭވެރިންނަށް ޚާއްސަކުރެވިފައި ހުންނާނެ ޖިމް


ސޮލިޓެއާ އަކީ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓަޑުން ތަރައްގީކުރާ ދެވަނަ ތަނެވެ. ސެންޑަލް މޮރިޝަސް ކުންފުނީގެ ފުރަތަމަ މަޝްރޫއުއަކީ ވަން ސެންޓްރަލް ޕާކް އެވެ. ވަން ސެންޓްރަލް ޕާކުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދެ އެވެ.

ސެންޑަލް މޮރިޝަސްއުން ކަނޑައަޅާފައިވަނީ 2023 ގެ ނިޔަލަށް ސޮލިޓެއާ އިމާރާތްކުރުމުގެ ފޯވަހި ނިންމާ އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް ހަވާލުކުރަން ފެށުމަށެވެ.