Advertisement

ޓްރަމްޕްއާ ދެކޮޅަށް ބައިޑެން ދެ ވަނަ ދައުރަކަށް ނުކުންނާނެ ކަމުގެ އިޝާރާތެއް

24 ޑިސެންބަރު 2021 - 07:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭއެފްޕީ


ޓްރަމްޕްއާ ދެކޮޅަށް ބައިޑެން ދެ ވަނަ ދައުރަކަށް ނުކުންނާނެ ކަމުގެ އިޝާރާތެއް

24 ޑިސެންބަރު 2021 - 07:42 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 23) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ނަމަ މިހާރުގެ ރައީސް ޖޯ ބައިޑެން ދެ ވަނަ ދައުރަކަށް ނުކުންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

"އެހެން ވެއްޖެ ނަމަ [ޓްރަމްޕް ވާދަ ކުރާ ނަމަ] އަޅުގަނޑު ވާދަކުރުމުގެ ފުރުސަތު ބޮޑު،" އޭބީސީ ނިއުސް އަށް ބައިޑެން ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެތޯ ސުވާލު ކުރުމުން، އުމުރުން 79 އަހަރުގެ ބައިޑެން ވިދާޅުވީ ކުރިމަތިލައްވާނެ ކަމަށެވެ.

"ތަގުދީރަށް އަޅުގަނޑު ވަރަށް އިހްތިރާމް ކުރަން. އަޅުގަނޑުގެ ހަޔާތުގައި ވަރަށް ގިނަ ފަހަރު ކަންކަން ވެގެން ދިޔައީ ތަގްދީރުގައި އޮތް ގޮތަށް. އެހެންވީމާ، ސިއްހަތު ރަނގަޅަށް ހުރި ނަމަ، ދެ ވަނަ ފަހަރަކަށް ވެސް ވާދަކުރާނަން."

ދެ ވަނަ ދައުރަކަށް ނުކުންނަވަން ޖެހެނީ މިހާރު އުމުރުން 75 އަހަރުގެ ޓްރަމްޕްއާ ދެކޮޅަށް ނަމަ، އެއީ އެ ނިންމުމައިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ކަމަށް ބައިޑެން ވިދާޅުވި އެވެ.

ވެރިކަމުގެ އެއް ދައުރަށް ފަހު ޓްރަމްޕްގެ ސަރުކާރު 2020 ވަނަ އަހަރު ނިމުމަކަށް އައީ ރިޔާސީ އިންތިހާބުން ބައިޑެން ކުރި ހޯއްދެވުމުންނެވެ. ނަމަވެސް ޓްރަމްޕް އަދިވެސް ވިދާޅުވަނީ މަކަރު ހަދައިގެން ވޯޓު "ވަގަށް" ނަގާފައިވާ ކަމަށެވެ.

ބައިޑެންގެ ބަދަލުގައި މިހާރު އޮތް ސަރުކާރުގެ ފަރާތުން ދެ ވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވާނީ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ކަމަށް ކުރި އަޑު ފެތުރުނެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބައިޑެން އާއި ހެރިސްގެ ގުޅުން މާ ރަނގަޅެއް ނޫނެވެ.

ޓްރަމްޕް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އަލުން ރައީސް ކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.