Advertisement

ޓީޖެޓީ މައްސަލަ ވެސް ކޯޓަށް ވައްދަނީ

20 ޑިސެންބަރު 2021 - 13:30 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: އެމްޕީއެލްއަކަށް މިވީ 97 ދުވަހުގެ ތެރޭގަ ވާހަކަ ދައްކަން އެމްޕީއެލުން ބޭނުން ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


ޓީޖެޓީ މައްސަލަ ވެސް ކޯޓަށް ވައްދަނީ

20 ޑިސެންބަރު 2021 - 13:30 0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހިންގާ މާލޭގެ ޓީޖެޓީ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 97 ދުވަހުގެ ނޯޓިސް މި މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރަށް ދިން ހަތް ދުވަސް މި މަހުގެ 18 އަށް ހަމަވެފައިވާތީ ސިޓީ ކައުންސިލުން މިއަދު ވަނީ ޓީޖެޓީއާ ހަވާލުވުމަށް އެ ސަރަހައްދަށް ގޮސްފަ އެވެ.

އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަރީޝް ވިދާޅުވީ މައްސަލައަކީ އެމްޕީއެލުން ޓީޖެޓީ ހިންގުން ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އެތަނުން ލިބެންޖެހޭ ނަފާ ނުލިބޭތީ ކަމަށެވެ.

ތަން ހަވާލުކުރުމަށާއި ޖެޓީ ހިންގާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލް އިން އެއްބާރުލުން ނުދިނުމުން، އެ މައްސަލަ ކޯޓަށް ވައްދަން ނިންމާފައިވަނީ އެމްޕީއެލްގެ ވެރިންނަށް އެންގުމަށް ފަހު ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޓީޖެޓީއަކީ މުއްދަތެއް ނެތް ގޮތަށް އެމްޕީއެލްއަށް ދޫކޮށްފައިވާ ތަނެއް ކަމަށް އެކުންފުނިން ބުނެފައިވާތީ، އެ ލިޔެކިޔުން ދެއްކުމަށާއި އެ އްބަސްވުން ކޯޓަށް ހުށަހެޅަށެވެ.

"އެމްޕީއެލްއަކަށް މިވީ 97 ދުވަހުގެ ތެރޭގަ އަޅުގަނޑުމެންނާ ނެގޯޝިއޭޓްކޮށް ވާހަކަ ދައްކާކަށް ވެސް އެމްޕީއެލްއަކަށް ނުކެރުނު މާލެ ސިޓީ ރައްޔިތުންގެ ހައްގުގައި. މާލޭގެ ރައްޔިތުންގެ ދެ ބިމެއް، މާލޭގެ ރައްޔިތުންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.

ޖެޓީ މައްސަލަ ކޯޓަށް ވެއްދުމަށް ނިންމާފައި ވާއިރު، ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރަށް އެދެފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެތަން ދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވި ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

ސިޓީ ކައުންސިލަށް ނުދޭން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލޭ ރައްޔިތުންގެ ލާބަޔާއި މަންފާއާ ދެކޮޅަށް ނިންމެވި ނިންމުމެއް ކަމަށް ސިފަކުރައްވައި މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މީގެ ކުރިން ހުޅުމާޅެ ބިމުގެ މައްސަލާގައި ވެސް ސިޓީ ކައުންސިލުން ވަނީ ކޯޓަށް ވައްދާފަ އެވެ.