Advertisement

ސިޓީ ކައުންސިލުން އަޔަސް ޓީޖެޓީ ހަވާލެއް ނުކުރެވޭނެ: އެމްޕީއެލް

20 ޑިސެންބަރު 2021 - 13:08 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ޓީޖެޓީ އަތުލެވޭނީ ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލުން ބުނޭ-- ފޮޓޯ: އަދަދު


ސިޓީ ކައުންސިލުން އަޔަސް ޓީޖެޓީ ހަވާލެއް ނުކުރެވޭނެ: އެމްޕީއެލް

20 ޑިސެންބަރު 2021 - 13:08 0

މޯލްޑިވްސް ޕޯސްޓް ލިމިޓެޓް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ ހަވާލުކުރަން ދިން މުއްދަަތު ހަވަމުމުން ސިޓީ ކައުންސިލުން އެތަނާ ހަވާލުވުމަށް މަސައްކަތް ފެށި ނަމަވެސް ހަވާލު ނުކުރެވޭނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ޓީޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ހަމަވެފައިވާތީ ޓީޖެޓީއާ ސިޓީ ކައުންސިލުން ހަވާލުވުމަށް އެ ސަރަހައްދުގައި ހަރަކާތެރިވާން ފަށަފަ އެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "އަދަދު" އަށް ވިދާޅުވީ އެމްޕީއެލްއާ ޓީޖެތީ ހަވާލު ކޮށްފައި ވަނީ މިހާރުގެ ޕްލޭނިންގް މިނިސްޓްރީން ކަމަށެވެ. ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ވެސް ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ.

"ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން،"

އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން އެ ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ބިމާ ހަވާލުވާން ގޮސްފައި ވާއިރު، މީގެ ކުރިންވެސް އެމްޕީއެލުން ބުނެފައި ވަނީ ޓީޖެޓީ, އެމްޕީއެލްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައިނުވާ ކަމަށެވެ.

އަދި އެ ބިން ނެގުމުގެ ބާރު އޮންނާނީ ޕްލޭނިންގް މިނިސްޓްރީއަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓިގެ މޭޔަރު ޑރ. މުހައްދު މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު އެމްޕީއެމްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ, އަނެއްކާ ވެސް ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރަށް އެދެފައިވާ ކަމަށެވެ. ނަމަވެސް އެތަން ދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވި ކަމަށް މޭޔަރު ވަނީ ދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެގްރީމެންޓުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންކަމުން ގާނޫނީ ގޮތުން މިހާރު އެއީ ކައުންސިލްގެ ތަނެއް ނަމަވެސް، އެތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެ ހުރިހާ ފައިސާއެއް ލިބެނީ އެމްޕީއެލް އަށް. އެ ފައިސާ ލިބިއްޖެ ނަމަ ބޭނުން ކުރެވޭނެ ކުނި މެނޭޖު ކުރުން ފަދަ އާމްދަނީ އިތުރުކުރަން ބޭނުންވާ ކަންކަންކަށް،"

ސިޓީ ކައުންސިލަށް ނުދޭން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލޭ ރައްޔިތުންގެ ލާބަޔާއި މަންފާއާ ދެކޮޅަށް ނިންމެވި ނިންމުމެއް ކަމަށް ސިފަކުރައްވައި މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.