Advertisement

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

19 ޑިސެންބަރު 2021 - 17:44 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސް ސޯލިހު މިިދިޔަ މާޗު މަސްތެރޭ ބަންގްލަދޭޝަށް ކުރެއްވި ޒިޔާރަތުގައި އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއެކު. ފޮޓޯ: ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީސް


ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

19 ޑިސެންބަރު 2021 - 17:44 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ފުރަމާނަ ދަތުރުފުޅުގައި އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ޝެއިހް ހަސީނާގެ އެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ދަތުރުފުޅުގައި ޝެއިހް ހަސީނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ރަސްމީ ވާހަކަތައް ބާއްވާނެކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން ވެސް ހަމަ އެ މަގުސަދަށްޓަކައި ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

އޭގެ ތެރޭގައި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއިން އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދާއިރާތަކަކީ މިހާރު ވެސް ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދުގައި ގުޅުން ބަދަހި ދާއިރާތަކެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

ޝެއިހް ހަސީނާގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބާނީ، ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މި އަހަރުގެ މާޗް މަހު ބޭއްވި ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެކަމަނާގެ ދަތުރުފުޅު ނިންމަވާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.