Advertisement

އެފްއެސްއެމް ރީބްރޭންޑްކޮށްފި

19 ޑިސެންބަރު 2021 - 16:50 1

އެފްއެސްއެމްގެ އާ ލޯގޯ އާއި ޓެގްލައިން


އެފްއެސްއެމް ރީބްރޭންޑްކޮށްފި

19 ޑިސެންބަރު 2021 - 16:50 1

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) 21 އަހަރަށް ފަހު ކުލަ އާއި ލޯގޯ ބަދަލުކޮށް، އާ ޓެގްލައިން އަކާއެކު ރީބްރޭންޑްކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމް ރީބްރޭންޑްކުރުން އިފްތިތާހުކުރީ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާގަ އެވެ.

މިހާރު އެ ކުންފުނީގެ ކޯޕަރޭޓް ކުލަ އަކީ އޮރެންޖާއި ގަދަ ނުލެވެ. އޮރެންޖު ކުލައިން ހަކަތަ ރަމްޒުކޮށް ދޭއިރު، ނޫކުލައިން ރަމްޒުކޮށް ދެނީ ރާއްޖޭގެ ވަށައިގެން އޮތް ބިޔަ ނޫ ކަނޑައެވެ. ސްލޯގަންއަކީ "ދީބަށް ހަކަތަ" އެވެ.

"ރީބްރޭންޑް ކުރުމުގެ މަސައްކަތް ފެށީ މީގެ އަށް އަހަރު ކުރިން. މި ބަދަލު ގެނައީ މިހާރު ހުރި ލޯގޯ އާއި ކުލަތައް މި ޒަމާނަށް އެންމެ ނުފިތޭތީ. އަދި ކުންފުނީގެ މަސައްކަތް ފުރިހަމައަށް ލޯގޯއިން ރަމްޒުކޮށް ދިނުމަށް،" އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމްގެ މުވައްޒަފުން އާ ޔުނިފޯމާއެކު


އެފްއެސްއެމް ރީބްރޭންޑްކުރުމާއެކު އެ ކުންފުނީގެ ޔުނިފޯމާއި ދިދަ ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ރީބްރޭންޑްކުރުމުގެ ހަފުލާގައި ގަސަމް ވިދާޅުވީ ސަރުކާރުގެ ސިޔަސަތުތަކާއި އެންގުންތަކަށް ބޯލަނބައި، އެންމެ ކުރީން ކަންކަން ގާއިމު ކުރުމުގައި މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި އެފްއެސްއެމް ހިމެނޭނެ ކަމަށެވެ. އެގޮތުން އެންމެކުރިން ހުރިހާ މުވައްޒަފުން ކޮވިޑަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުކޮށްދިން ކުންފުންޏެއް ކަމަށް އެފްއެސްއެމް ވެފައިވަކަމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިއުލާނުކުރި މިނިމަމް ވޭޖް ގަވާއިދާއި އެއްގޮތަށް މުސާރައިގެ އޮނިގަނޑު ބަދަލުކޮށް މިހިނގާ ޑިސެމްބަރ މަހުން ފެށިގެން މުވައްޒަފުންނަށް މުސާރަ ދޭން ފެށޭނެ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.