Advertisement

ޓެކްސަސް އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރާނަނީ

20 ޑިސެންބަރު 2021 - 06:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެކްސަސް އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ރާނަން ފަށާފައިވާ ފާރު. -- ފޮޓޯ: އޭއެފްޕީ


ޓެކްސަސް އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރާނަނީ

20 ޑިސެންބަރު 2021 - 06:34 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 19) - އެމެރިކާގެ ޓެކްސަސް ސްޓޭޓާއި މެކްސިކޯ ގުޅޭ ބޯޑަރުގައި އުސް ފާރެއް ރޭނުމުގެ މަސައްކަތް ފަށައިފި އެވެ.

ދަގަނޑުން ހަދަމުންދާ ފާރަކީ މެކްސިކޯ އިން ގަވާއިދާ ހިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ހުއްޓުވުމުގެ ބޭނުމުގައި ރާނާ ފާރެކެވެ.

ފާރުގެ މަސައްކަތް ފެށުމަށް ފަހު ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ ގަވާއިދާ ހިލާފަށް އެތެރެވާ މީހުން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ރައީސް ޖޯ ބައިޑެން އަށް ތުހުމަތު ކުރައްވާފަ އެވެ.

"ޓެކްސަސް އިން މި އަޅާ ފިޔަވަޅަކީ މި ގައުމުގެ ސްޓޭޓަކުން އަޅާފާނެ ކަމަށް ހީނުކުރާ ކަހަލަ ފިޔަވަޅެއް،" އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އެބޮޓް ވިދާޅުވި އެވެ.

އެބޮޓް ވިދާޅުވީ މިއީ އެމެރިކާ އާއި ޓެކްސަސްގެ އިސްތިގްލާލް ހިމާޔަތް ކުރަން އެޅި ފިޔަވަޅެއް ކަމަށާއި މިކަން ކުރަން ޖެހުނީ ސަރުކާރު ފެއިލްވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިނާކުރެއްވި ބޯޑަރު ފާރާ އެއް ގޮތް ފާރެއް ކަމަށާއި ކުރިއަށް ދާނީ އެއް ކޮންސެޕްޓެއްގެ ދަށުން ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވި ބައިޑެން އެކަން ހުއްޓުވި އެވެ.