Advertisement

އޮންލައިން ކްލާހުގައި ހެދި މަކަރާއި ޖެހި ސަކަރާތް މިސް ވާ މީހުން އަތް މައްޗަށް!

18 ޑިސެންބަރު 2021 - 09:44 0


އޮންލައިން ކްލާހުގައި ހެދި މަކަރާއި ޖެހި ސަކަރާތް މިސް ވާ މީހުން އަތް މައްޗަށް!

18 ޑިސެންބަރު 2021 - 09:44 0

ޕެންޑެމިކް ގައި ހޭދަވި ދޮޅު އަހަރެއްހާ ދުވަހު، އިންޓަނެޓް ލިބުމުގައި ހުރި ދަތިތަކާ އެކު، އޮންލައިން ކޮށް ކްލާސްތަކަށް އެޓެންޑުވެ ކިޔެވުމުގައި ދަރިވަރުން އުފުލީ މި ފަހުގެ ޒަމާނެއްގައި ކިޔަވާކުދިން އުފުލަން ނުޖެހޭ ވަރުގެ ބޮޑު ތަކުލީފެކެވެ. އެކަމާ ދެ ބަހެއް ނުވެވޭނެ އެވެ.

އެކަމަކު ޕެންޑެމިކް ނިމުނު އިރު، މަޖުބޫރީ ހާލަތު ޖެއްސި މި ތަކުލީފަކަށް އާދަވެ، ކިޔެވުމުގައި ކަންނެތްވެފައި ތިބި ދަރިވަރުން ސްކޫލް ތަކާއި ކޮލެޖުތަކަށް އެނބުރި ގޮސް މިހާރު އެންމެ އާ ކުރަނީ އޮންލައިން ކްލާހުގައި ޖެހި ސަކަރާތާއި ހެދި މަކަރާއި އެ ހަނދާން ތަކެވެ.

ހާއްސަކޮށް ކޮލެޖް ޔުނިވަސިޓީ ތަކުގެ ދަރިވަރުންނެވެ.

ކްލާސް އޮތީ އެ އިރަކު ހުރި ތަނެއްގައި

އޮންލައިން ކްލާސްތަކުން ޔުނިވަސިޓީތަކުގެ ދަރިވަރުން ހޯދި އެންމެ ބޮޑު ފަސޭހަ އަކީ މިއީ އެވެ. ގިނަ ކޮލެޖް، ޔުނިވަސިޓީ ތަކުގެ ކުދިން ކްލާހަށް ވަންނަ އިރު ވީޑިއޯ ޖައްސާކަށް ނުޖެހެ އެވެ. އެހެންވެ، އެ ވަގުތެއްގައި އެމީހަކު ހުރި ތަނަކުން ކްލާހަށް ވަދެ އެޓެންޑެންސް މާކު ކޮށްލައި އެކަން ހަމަޖައްސާލަނީ އެވެ. ބައެއް ކުދިން އޮފީހުގެ މަސައްކަތުގަ އެވެ. އަނެއްބައި ކުދިން ގެއިން ބޭރު ކެފޭ ތަކާއި ވިޔަފާރި ކުރުމުގައި އުޅެމުން ވެސް ކްލާހަށް ވަނެވެ.

އަބަދު މައިކް މައްސަލަ ޖެހޭނެ،

އޮންލައިން ކްލާސްތަކުގެ ސަބަބުން ކުދިން ކްލާހުގައި ކުރާ މަޝްވަރާތަކާއި ދައްކާ ވާހަކަތަކުގައި ބައިވެރި ނުވާ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ އެކި ހިސާބުތަކުގެ ޓީޗަރުން ވެސް ފާހަގަ ކުރި އެވެ. މިކަން އަހަރެމެންގެ ތެރޭގައި ވެސް އޮތެވެ.

ޓީޗަރު ސުވާލެއް ކޮށްފިއްޔާ ހެޑްފޯނުގެ މައިކް މަސައްކަތްކުރާ ކަމަކަށް ނުވާނެ އެވެ. އެކަމަކު ދޭތެރެއަކުން ނޭނގި މައިކް އޮންވެ، ގޭޓެރޭގައި ހިނގާ ކަންތައްތައް ވެސް އޮންނާނީ މުޅި ކުލާހަށް އަޑުއިވިފަ އެވެ.

ވެބް ކެމް ވޯކެއް ނުކުރާނެ

ވީޑިއޯ ޖައްސަން ބުނެފިނަމަ ކުލާހުގައި ތިބޭނީ ހުސް ބުރުގާ އަޅާ އަންހެން ކުދިންނެވެ. އެހެން ނޫން ނަމަ، އެއްވެސް ކުއްޖެއްގެ ވެބްކެމް ވޯކެއް ނުކުރާނެ އެވެ. ކޮންމެހެން ޓީޗަރު އެކަމަށް މަޖުބޫރު ކޮށްފިނަމަ ކުއްލިއަކަށް ކުލާހުގެ ދެބައިކުޅަ އެއްބައި ކުދިން އޮފްލައިން ވާނެ އެވެ. މިހެން ބުންޏަސް، މިބުނީ އަބަދު މަކަރު ހަދާ ވާހަކަ އެއް ވެސް ނޫނެވެ.

އަބަދު 'ސްލޯ އިންޓަނެޓް ކަނެކްޝަން'

މިއީ ކޮންމެހެން ދިވެހި އިންޓަނެޓް ދޭ ކުންފުނި ތަކަށް ބުނާ ދެރަ ބަހެއް ނޫނެވެ. އެކަމަކު އިންޓަނެޓް އަބަދު ވެސް "ސްލޯ" އެވެ. އެކަމަކު އޮންލައިން ކްލާސްތަކަށް ވަތް ގިނަ ޔުނިވަސިޓީ ލެވެލްގެ ދަރިވަރުންގެ ޕެކޭޖްތައް އޮންލައިން ކްލާސް ހުއްޓާލުމާ ހަމައަށް ވެސް އޮތީ "ތްރޮޓްލް" ގަ އެވެ. މިހެން ބުނުމުން ރުޅި ނާންނައްޗެވެ. މި ބުނީ ބައެއް ކުދިންގެ ވާހަކަ އެވެ.

ކްލާހުގައި ވަގުތުން ދޭ މަސައްކަތަށް މަދުވެގެން ގަޑި އިރެއް

އޮންލައިން ކްލާސްތަކުގައި ދޭ ހޯމްވޯކް ތަކަކީ އެންމެ ގިނަ ވަގުތުން ހެދޭ މަސައްކަތްތަކެވެ. ދެން، މިހެން ބުންޏަސް، ކްލާސް މަސައްކަތްތަކަކީ ހަމަ އަސްލަށް ވެސް ގިނަ އިރު ހޭދަކޮށްގެން ރިސާޗް ކޮށްގެން ހަދަން ޖެހޭ ފިލާވަޅު ތަކެކެވެ. ކްލާސް މަސައްކަތްތަކަށް ހޭދަވާނެ ވަގުތު އެންމެ ރަނގަޅަށް އެނގޭނީ ހަމަ ކިޔަވާ ކުއްޖަކަށެވެ.

ބުނެބަލާށެވެ. އޮންލައިން ކްލާހުން އެންމެ މިސްވަނީ ކޮން ކަމެއް ހެއްޔެވެ؟