Advertisement

އެލައިޑުގެ ހަލް އިންޝުރަންސުން ޑިސްކައުންޓް ލިބޭނެ ފުރުސަތެއް

14 ޑިސެންބަރު 2021 - 15:59 0

އެލައިޑް އިންޝުރަންސުގެ ސްޓޯލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެ ކުންފުނީގެ "ގްރީން ފޯ ގުޑް" ކޮތަޅެއް ހަދިޔާކުރައްވަނީ -- ފޮޓޯ އަލައިޑް


އެލައިޑުގެ ހަލް އިންޝުރަންސުން ޑިސްކައުންޓް ލިބޭނެ ފުރުސަތެއް

14 ޑިސެންބަރު 2021 - 15:59 0

"މޯލްޑިވްސް މެރިން އެކްސްޕޯ 2021" ގެ އެލައިޑް އިންޝުރަންސްގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން "މެރިން ހަލް އިންޝުރަންސް ޕްލޭންސް" އިން ޑިސްކައުންޓް ލިބޭނެ ފުރުސަތު ހުޅުވާލައިފި އެވެ.

އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ހުޅުމާލޭގަ ކުރިއަށް ގެންދާ އިވެންޓުގަ މި ފުރުސަތު ލިބޭނީ އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކޮށް ކޫޕަނެއް ފުރިހަމަ ކޮށްގެން ގުރުއުން ހޮވޭ ތިން ފަރާތަކަށެވެ. ގުރުއަތު ނަގާނީ އެކްސްޕޯގެ އެންމެ ފަހު ދުވަހު އެވެ.

އެލައިޑުން ބުނި ގޮތުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް މެރިން ހަލް އިންޝުރަންސް ޕޮލިސީން 3،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މެރިން ހަލް އިންޝުރަންސްގެ ދަށުން އޮޑިގަނޑާއި އިންޖީނާއި މެޝިނަރީ އާ ތަފާތު އެހެން އިކުއިޕްމަންޓަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އެވެ. އަދި ފަސިންޖަރުންނަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް މި ޕޮލިސީގެ ދަށުން ހިމެނުމުގެ ފުރުސަތު އޮވެ އެވެ. މެރިން ހަލް އިންޝުރަންސް ޕޮލިސީ އާ ބެހޭ މައުލޫމާތު އެލައިޑުގެ ވެބްސައިޓުން ލިބޭނެ އެވެ.

ހަލް މެރިން އިންޝުރަންސް ނަގަން ބޭނުންވާ ފަރާތްތަކަށް އެލައިޑުން ވަނީ އިންޝުރަންސަށް ދައްކަން ޖެހޭ އަދަދު "ސްމާޓް ކޯޓް" މެދުވެރިކޮށް އަމިއްލަ އަށް އަންދާޒާ ކޮށްލެވޭނެ ގޮތް ހަދާފަ އެވެ.