Advertisement

އެމެކްސް ކާޑުން ވިޔަފާރިކޮށްގެން އައިފޯން 13 ޕްރޯ އާއި 50،000ރ.

12 ޑިސެންބަރު 2021 - 14:53 0

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ އެމެކްސް ކާޑު ޕްރޮމޯޝަންގެ ޕޯސްޓަރު. -- ފޮޓޯ: ބީއެމްއެލް


އެމެކްސް ކާޑުން ވިޔަފާރިކޮށްގެން އައިފޯން 13 ޕްރޯ އާއި 50،000ރ.

12 ޑިސެންބަރު 2021 - 14:53 0

އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން އައިފޯނާއި ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.

ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު އިނާމަކާއި، ގްރޭންޑް ޕްރައިޒް ވަނީ ހުށަހަޅާފަ އެވެ.

މިއީ އެމެކްސް ކާޑުތައް ބޭނުންކޮށްގެން ރާއްޖޭގައި ކުރާ މުއާމަލާތްތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެހެންކަމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރާ ނަމަ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޑިސެމްބަރު 12 އިން ފެށިގެން ޖެނުއަރީ 8 އާ ހަމައަށެވެ. ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި ޝަރުތުތައް ބޭންކުގެ ވެބްސައިޓުން ފެންނާނެ އެވެ.

އެމެކްސް ޕްރޮމޯޝަނުން ލިބޭ އިނާމުތައް

  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް
  • ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މާޗަންޓް (ވިޔަފާރި ކުރާ ތަން) އަށް 25،000ރ.
  • ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މާޗަންޓަށް 50،000ރ. ގެ ގިފްޓް ކާޑެއް

ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުގެ ކާޑުގެ ހިދުމަތް 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެ އެވެ.