Advertisement

މަގުތަކުން ފެން ނުހިނދޭ ތުހުމަތަށް އެމްޑަބްލިއުއެސްސީން ރައްދު ދީފި

12 ޑިސެންބަރު 2021 - 10:24 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީގެ މަގަކުން ފެން ހިއްކަނީ: އިއްޔެ ވަނީ ވަރަށް ބޯކޮށް ވިއްސާރަ ވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެމްއެންޑީއެފް


މަގުތަކުން ފެން ނުހިނދޭ ތުހުމަތަށް އެމްޑަބްލިއުއެސްސީން ރައްދު ދީފި

12 ޑިސެންބަރު 2021 - 10:24 0

މާލޭގެ އެކި ސަރަހައްދުތަކުން ފެން ހިއްކުމަށް އެމްޑަބްލިއުއެސްސީން ބަހައްޓާފައި ހުރި ފެން ޕަމްޕުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޕަމްޕުތައް ޖެހޭނީ އަޕްގްރޭޑް ކުރަން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

އިއްޔެއިން ފެށިގެން މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މިދިޔަ ސަރުކާރުން މަޝްރޫއުއެއް ހިންގި އެވެ.

ނަމަވެސް އޭގެ ފަހުން ވެސް އެ މައްސަލަ އަދިވެސް ހައްލުވެފައިނުވާއިރު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނީ މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ފެން ޕަމްޕުތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށް އެ ކަމާ ބެހޭ ތަޖުރިބާކާރުންގެ ފަރާތުން ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ ޕަމްޕުތަކުން ފެން ހިންދަންޖެހޭ މިންވަރަށް ފެން ނުހިންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވުމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "އަދަދު"އަށް ވިދާޅުވީ މައްސަލަ ޖެހިފައި އެއްވެސް ޕަމްޕެއް ނެތް ކަމަށާއި ހުރިހާ ޕަމްޕެއް އަޕްގްރޭޑް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެއްވެސް ޕަމްޕެއް ނެތް މައްސަލަ ޖެހިފަ އެއް. އެއްވެސް ޕަމްޕެއް ނެތް ހުއްޓިފަ އެއް. ހުރިހާ ޕަމްޕެއްވެސް ހުރީ ޖެހިފައި. ބަރާބަރަށް މަސައްކަތް ވެސް ކުރޭ. ބަރާބަރަށް ހުރިހާ ޕަމްޕެއް މެއިންޓެއިން ވެސް ކުރޭ. ބަލަމުން ޗެކް ކުރަމުންދޭ،"

"ވެގެން އުޅޭ ގޮތަކީ ޕަމްޕުގެ ސައިޒު ތައް ކުޑައީ. މިހާރު ކުރި ޕަމްޕުތައް ޖެހޭނީ އަޕްގްރޭޑް ކުރަން. މިހާރު ހުރީ ނުވަ ކިލޯވޮޓުގެ ޕަމްޕު. އަޕްގްރޭޑް ކުރަން ޖެހޭނީ 13 ކިލޯވޮޓުގެ ޕަމްޕަަށް. އޭރުން ލުޔެއް ލިބޭނެ،" ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޑިޒައިން ކުރުމުގައި ވެސް މައްސަލަތަކެއް އުޅޭ ކަމަށެވެ.

"މިހާރު ޑިޒައިން ކޮށްފަ އެ ހުރީ ފުރާޅުތަކުން ވާރޭ ވެހުނީމަ ފެން އަންނަ ގޮތަކަށް ނޫން. ފުރާޅުން އަންނަ ފެން ނަރުދަމާ އަށް ގުޅުމަކީ މަނާ ކަމެއް. ބޮޑުތަކުރުފާނު މަގަށް އެޅޭ ފެން މޫދަށް ނޭޅި އަންނަނީ އަމީނީ މަގަށް،" އޭނާ ވިދާޅުވި އެވެ.

އަދި ބޮޑުތަކުރުފާނު މަގުން އަންނަ ހުރިހާ ފެނެއް އަމީނީ މަގަށް އައުމުން ޕަމްޕުތައް ފުރިި އޯވާލޯޑުވާ ކަމަށާއި، މަގުތައް ޑިޒައިން ކޮށްފައި ހުރި ގޮތުން ފެން ހިދުމަށް 2-3 ގަޑިއރު ހޭދަވާ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.