Advertisement

ޔާނާ އުދުހެމުން: ހުވަފެން ތަކުގައި ޖެއްސި ކުލަ އާއި ކިޔައިދޭ ވާހަކަ

12 ޑިސެންބަރު 2021 - 10:27 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ޔާނާ "އަދަދު" އިންޓަވިއުގައި: އަންވެއިލިން ވިޝަން މައުރަޒަށް އޭނާ ތައްޔާރުކުރި އާޓް ވޯކުން ވަނީ އެތައް ބަޔަކު އާސޯހު ކޮށްލާފައި


ޔާނާ އުދުހެމުން: ހުވަފެން ތަކުގައި ޖެއްސި ކުލަ އާއި ކިޔައިދޭ ވާހަކަ

12 ޑިސެންބަރު 2021 - 10:27 0

ހުނަރުވެރި އެތަކެއް އާޓިސްޓުންނެއްގެ މަސައްކަތް އަތުރާފައި ހުރި އާޓް ގެލެރީގެ ހުޅަނގު ފާރުގައި ހަރުކޮށްފައި ހުރި ފަސް ފޫޓު ހަ ފޫޓުގެ ބޮޑު ތުރީ-ޑީ އާޓް ޕީސް އަކީ ފަރުދާއިން ނެރެ ދައްކައިލި އެންމެ އުފާވެރި އެއް "އިހުސާސް" ކަމަށް 25 އަހަރުގެ ޒުވާން އާޓިސްޓު، އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާނާ) ބުނުމުން އަހަރެންނަށް އެކަން ގަބޫލުކުރެވުނެވެ.

މާސިންގާ ނޫވިލެއްގައި އޮޔާ ވީ ހިތަކަށް ފެންމަތީގައި ލޯ މަރާލައިގެން އޮވެ "އުދުހެމުން" ދާ އަންހެނަކު ފެންނަ އެ މޮޑެލް އިން ކިޔައިދެނީ އުންމީދެކެވެ. އެ ކުރެހުމުން ދައްކާ ޒުވާން މޫނުގައި މާޔޫސް ކަމެއް، ހާސް ކަމެއް، އުދާހެއް ނެތެވެ. އުނދަގޫތަކާ އެކު ވެސް، އެތައް ދުވަހެއްގެ މުރާދު ފުރިހަމަވުމުން ރޫހާއި ޖިސްމަށް ލިބިފައިވާ މަސަލަސްކަމާއި ހިތްހަމަޖެހުން ބަޔާންކޮށްދޭ ފަދަ އަލިކަމެއް އޭގައިވެ އެވެ. ނުވަތަ އެއީ ދުނިޔަވީ ގޮންޖެހުންތައް ހުރަސްކުރަމުން ހުވަފެނީ އާލަމެއްގައި އަމިއްލަ އުފާތަކާއި ހުވަފެންތައް އަތުރަމުން ހާސިލުކުރަމުންދާ މީހެއްގެ ފުން ޝުއޫރެވެ.

ޔާނާ އަންވެއިލިން ވިޝަން އަށް އޭނާ ތައްޔާރުކުރި އާޓްޕީސް އާ އެކު. އަދަދު ފޮޓޯ / އަހުމަދު ޝާބިން


"ޕައިލެޓަކަށް ވެ ހުރެ، އުނދުހުމުން ޔާނާ އަށް އެ ހިތްހަމެޖުމާއި އުފާ ލިބޭ. މަސައްކަތް ކޮށްދީފައި އެވަނީ އެ އިހުސާސް އާޓަށް ތިލަކޮށްދެވޭތޯ،" ޔާނާ ވާހަކަ ފަށައިގަތުމުގެ ކުރިން، އަންވެއިލިން ވިޝަން ގެ ފަހުރުވެރި އެކެއް ހޯދި އޭނާގެ އާދަޔާހިލާފު އާޓް ޕީސް އަށް ތައާރަފެއް ދިނެވެ.

ޔާނާ އަކީ، މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި "އަދަދު" ގެ މިނިވަން ފިހި ކުރެހުމުގެ މުބާރާތުގެ ވެސް މޮޅު ތިންވަނަ އެވެ. އެ މުބާރާތަށް އޭނާ ހުށަހެޅީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު 1965 ވަނަ އަހަރުގެ ޖުލައި 25 ގައި މިނިވަންކަމުގެ އެގްރިމެންޓުގައި ސޮއިކުރި މަންޒަރުގެ ކުރެހުމެކެވެ.

"އަދަދު" ގެ މި ހާއްސަ އިންޓަވިއުގައި ޔާނާ ކިޔައިދެނީ އޭނާ ކުރެހުމާއި ފަންނަށް ހިތް ޖެހުނު ގޮތާއި ކުރެހުމުގެ ފަންނުން އަތް ދޫނުކޮށް، ޕައިލެޓަކަށް ވުމަށް ކަނޑައެޅި ބޮޑު އަޒުމްގައި ކިޔަވައި ނިމިގެން ކުރިމަގާ މެދު ކުރާ އުންމީދުތައް ހުރި ގޮތެވެ.

ޔާން އަކީ، މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި "އަދަދު" ގެ މިނިވަން ފިހި ކުރެހުމުގެ މުބާރާތުގެ ވެސް މޮޅު ތިންވަނަ -- ވީޑިއޯ: އާއިމް ޒަމީރު / އަދަދު


ޔާނާ އަކީ މިހާރު ޕައިލެޓެކެވެ. އޭނާ އުންމީދަކީ އާޓްގެ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިއުމެވެ. އަމިއްލަ ނޫހަކުން ފުރަތަމަ ފަހަރަށް ފަންނުވެރިން ބާރުވެރިކުރުމުގެ މަގުސަދުގައި ބޭއްވި މުބާރާތަށް ޝުކުރު އަދާކުރަމުން އިލްތިމާސްކުރީ މިފަދަ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށެވެ. މިހާރަށް ވުރެ ބޮޑަށް ފަންނު ދިރުވުމަށް ގާބިލު ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށެވެ.

ޔާނާ: އޭނާ އަކީ މިހާރު ޕައިލެޓެއް، އެކަމަކު އާޓް ދާއިރާއިން ކުރިއަށް ދެވެން އޮތް އެންމެ ދުރަކަށް ކުރިއަށް ދިއުމުގެ އަޒުމް ވަރުގަދަ


"އާޓްގެ އަގު ވަޒަންކުރަން ވަރަށް ގިނަ މަސައްކަތް ކުރަން ވެފައި އެބަހުރި. އަންވެއިލިން އަށް މި ފަހަރު ތައްޔާރުކުރި އާޓްޕީސް ވެސް އެ ސަބަބާ ހެދި ހާއްސަ. އެ އާޓްޕީސް އާކީ މިކަހަލަ މައުރަޒެއްގައި ހުޅުވާ ފުރަތަ ބިޑް. ކާމިޔާބު ބިޑަކަށް ވެއްޖެ ނަމަ މިކަން ވާނެ ދިވެހި އާޓިސްޓުންނަށް އަނެއްކާވެސް ހުޅުވޭ އާ ސަފުހާއަކަށް،" ޔާނާ ބުންޏެވެ.