Advertisement

މެރިން އެކްސްޕޯގައި "ވިލާ ފިއުޝަން" ލޯންޗުކުރަނީ

11 ޑިސެންބަރު 2021 - 09:14 0

އަމަން ހަލީމް

އަމަން ހަލީމް

ވިލާ ފިއުޝަން ޕްރޮޑަކްޓު ޓީޒާގެ ސްކްރީން ގްރޭބް އެއް: މިއީ ރާއްޖޭގެ ބާޒާރަށް ހާއްސަ އުފެއްދުމެއް ކަމަށް ވިލާ ހަކަތައިން ބުނޭ.


މެރިން އެކްސްޕޯގައި "ވިލާ ފިއުޝަން" ލޯންޗުކުރަނީ

11 ޑިސެންބަރު 2021 - 09:14 0

ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނާއި، ތެލާއި، ލުބްރިކަންޓުގެ ވިޔަފާރި ކުރާ ވިލާ ހަކަތައިން، "ވިލާ ފިއުޝަން", މިއަދު ފަށަން ހަމަޖެހިފައިވާ މެރިން އެކްސްޕޯގައި ލޯންޗުކުރަން ނިންމައިފި އެވެ.

މެރިން އެކްސްޕޯ ފަށާނީ މިއަދު މެންދުރު 2:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ވިލާ ފިއުޝަންއާ ގުޅިގެން މިހާތަނަށް ވިލާ ހަކަތައިން މާ ގިނަ މައުލޫމާތެއް ހާމަ ނުކުރެ އެވެެ. މިހާތަނަށް ފެންނަން އޮތީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުޑަ ޓީޒާއެކެވެ.

ވިލާ ހަކަތައިން ބުނި ގޮތުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ޕްރޮޑަކްޓު ލޯންޗުގައި، ހުރިހާ މައުލޫމާތެއް ލިބިގެން ދާނެ އެވެ. އެކަމަކު މިއީ ރާއްޖޭގެ ބާޒާރަށް ހާއްސަ، ރާއްޖޭގެ އުފެއްދުމެއް ކަމަށް ބުންޏެވެ.

މެރިން އެކްސްޕޯގެ އޮފިޝަލް ފިއުލް ސްޕޮންސަރަކީ ވިލާ ހަކަތަ އެވެ.

ވިލާ ހަކަތައިގެ ސްޓޯލުގައި ދައްކާލާ ޕްރޮޑަކްޓުތަކުގެ ތެރޭގައި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ވިއްކާ ޝެލް މަރުކާގެ ލުބްރިކަންޓާއި ޓިމްބާ ޕްރޮޑަކްޓުތައް ހިމެނެ އެވެ.