Advertisement

މެރިން އެކްސްޕޯގައި މުހިންމު ޕެނަލް ޑިސްކަޝަންތަކެއް

10 ޑިސެންބަރު 2021 - 13:30 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މެރިން އެކްސްޕޯ ކުރިއަށް ދާނީ މި މަހު 11 އިން 13 ގެ ނިޔަލަށް.


މެރިން އެކްސްޕޯގައި މުހިންމު ޕެނަލް ޑިސްކަޝަންތަކެއް

10 ޑިސެންބަރު 2021 - 13:30 0

ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ މަސްވެރިކަމަށް އިންގިލާބެއް ގެނުވި، ރާއްޖޭގެ ބޯޓު ބިލްޑިން އިންޑަސްޓްރީ ބަދަލުވެ، ކުރިއަރައިގެން އައި ގޮތްތަކާއި، ކަނޑުދަތުރުގެ ރައްކާތެރިކަމާއި ކަނޑު ހިމާޔަތްކުރުމުގެ މުހިންމުކަން ފަދަ މުހިންމު މައުލޫމާތުތައް، ދާއިރާގެ އެންމެ ފުންނާބު އުސް ފަރާތްތަކުގެ ކިބައިން، އެނގެން، އަޑު އަހާލަން ބޭނުން ހެއްޔެވެ؟

މައުލޫއަށް ދިއުމުގެ ކުރިން އެ ވާހަކަތައް އަޑުއެހުމަށް ފާސް ހޯދާށެވެ.

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު، މޯލްޑިވްސް މެރިން އެކްސްޕޯ 2021 ހުޅުވާނީ މާދަމާ މެންދުރު ފަހު 2:00 ގަ އެވެ. އެއަށް ފަހު، ކުރިއަށް އޮތް ތިން ދުވަހު (ޑިސެމްބަރު 11، 12 އަދި 13) މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00 އެކްސްޕޯ ކުރިއަށް ދާނެ އެވެ.

އެކްސްޕޯ ކުރިއަށް ދާއިރު ގެނެސްދޭ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން ފުރަތަމަ އޮންނާނީ ރާއްޖޭގެ ބޯޓު ބިލްޑިން އިންޑަސްޓްރީ ބަދަލުވި ގޮތާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މާދަމާ ހަވީރު 4:30 ގައި ފަށާ އެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވާނީ މޯލްޑިވްސް މެރިން ސާވިސަސް އަދި އެމްއެމްއެސް ބޯޓުޔާޑުގެ ސީއީއޯ އަލީ ހަސަން އާއި އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަ އިސްމާއީލް ޝަރީފާއި ނާވަލް އާކިޓެކްޓް އަހުމަދު ވަޖީހު އަދި އެމްޓީސީސީގެ ޓޮކް މާސްޓަ މުހައްމަދު ސިނާނެވެ.

އާދީއްތަ ދުވަހުގެ ހަވީރު އޮންނަ ޕެނަލް ސޭފްޓީ އެންޑް ގާވަނެންސްއަށް ހާއްސަކޮށްފައި ވާއިރު، މައުލޫމާތު ދެއްވާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރާއި ހެޑް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާނު އަނީސް އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލެފްޓިނެޓް ކާނަލް އަންވަރު ޒާހިރު އަދި ބޯޓް ކެޕްޓަން އަހުމަދު އަލީ ސުލައިމާން އެވެ.

ކަނޑަށް ކުނި އެޅުމުން ލިބޭ ގެއްލުމާއި ލައިފް ޖެކެޓްގެ މުހިންމު ކަން، އަދި އިތުރު މައުލޫތަކަށް ވެސް ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެ އެވެ.

"އިންޑަސްޓްރީއާ ގުޅޭ ވަރަށް މުހިންމު މައުލޫމާތު ލިބިގެންދާނެ މި ޕެނަލް ޑިސްކަޝަންތަކުން. މި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެވޭނެ." އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވި އެވެ.

ސްޕޮންސަރުން

މި ފަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. ކޯސްޕޮންސަރުންނަކީ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.

އެކްސްޕޯގައި ބޯޓް ބިލްޑަރުންނާއި ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުންނާއި ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތް ދޭ ވިޔަފާރިތަކާއި ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިތައް ބައިވެރިވެ އެވެ.