Advertisement

މެރިން އެކްސްޕޯ އަށް ޒިޔާރަތްކުރާންވީ ކީއްވެ؟

5 ޑިސެންބަރު 2021 - 19:45 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މެރިން އެކްސްޕޯ 2019 ގެ ތެރެއިން: މިފަހަރުގެ އެކްސްޕޯގައި 50 ފަރާތުން ބައިވެރިވޭ.


މެރިން އެކްސްޕޯ އަށް ޒިޔާރަތްކުރާންވީ ކީއްވެ؟

5 ޑިސެންބަރު 2021 - 19:45 0

މިއީ މުހިއްމު ސުވާލެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މި މަހުގެ 11 އިން 13 އަށް ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ އަށް ޒިޔާރަތް ކުރާންވީ ބައިވަރު ސަބަބު އެބަ ހުއްޓެވެ. އެއީ, ހަމައެކަނި ވިޔަފާރިވެރިންނަށް، މަހުޖަނުންނަށް، ރިސޯޓް އޯނަރުންނަށް ހާއްސް އެކްސްޕޯއެއް ނޫނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މަސައްކަތްކުރާ ފަރާތްތަކާއި އާންމުންނަށް ވެސް މުހިންމު ވާނެ އެކްސްޕޯއެކެވެ.

މި ފަހަރުގެ 50 އަށް ވުރެ ގިނަ ފަރާތް އެކްސްޕޯގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭން ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނިތައް ހިމެނޭއިރު، އަލަށް ތައާރަފުކުރާ ޕްރޮޑަކްޓްތަކެއް އެބަ ހުއްޓެވެ. އަދި ރާއްޖޭގެ މާކެޓްގައި މިހާރު ވެސް ނަން ހިނގާ ބްރޭންޑްތައް ފެނިގެންދާނެ އެވެ.

"މި އެކްސްޕޯ އަށް ޒިޔާރަތްކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އެއްތަނަކުން ގިނަ ބަޔަކާ ދިމާވެ، ގިނަ ޕްރޮޑަކްޓަކެއް ފެނި، މަޝްވަރާކުރެވި، ވިޔަފާރި ޑީލްތައް ހެދި، ހައްލުތައް ވަގުތުން ހަމަޖެހޭނެތީ. މިސާލަކަށް، އިންޖީނެއް ގަންނަން ބޭނުންވާ ބައެއް ނަމަ، އެތައް ބައިވަރު އިންޖީނެއް، އިންޖިނިއަރުންނެއް ދިމާވާނެ، ސޮލިއުޝަންތައް ލިބޭ،" އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވި އެވެ.

އޮންލައިންކޮށް ރެޖިސްޓަކުރެވޭ

މެރިން އެކްސްޕޯ އަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތައް ދުރާލާ ރަޖިސްޓްރީކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އޮންލައިންކޮށް ރަޖިސްޓްރީކުރާ ފަރާތްތަކަށް، އެކްސްޕޯއާ ގުޅޭ ހުރިހާ މައުލޫމާތެއް އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.

"އޭރުން ޒިޔާރަތް ކުރުމުގެ ކުރިން ވެސް އެނގޭނެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކާއި، ސެމިނާތައް އޮންނަ ވަގުތުތައް ވެސް، މުހިންމު ހަރަކާތްތައް. ބޭރުގެ ކޮން ބައެއްތޯ ބައިވެރިވަނީ ލޯކަލްގެ ކޮން ބައެއްތޯ ބައިވެރިވަނީ ދެނެގަނެވޭނެ،" ޝާމް ވިދާޅުވި އެވެ.

އޮންލައިންކޮށް ރެޖިސްޓަކުރާނީ މި ލިންކުންނެވެ.

ސްޕޮންސަރުން

މި ފަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. ކޯސްޕޮންސަރުންނަކީ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.

އެކްސްޕޯގައި ބޯޓް ބިލްޑަރުންނާއި ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުންނާއި ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތަކާއި ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިތައް ބައިވެރިވެ އެވެ.