Advertisement

ކޮވިޑު ވެކްސިނުގެ ޕްރޮގްރާމުގެ ކާާމިޔާބީ ވަޒަންކުރާ ފުރަަތަމަ ގައުމަކަށް ރާއްޖެ

5 ޑިސެންބަރު 2021 - 17:16 0

އަމަން ހަލީމް

އަމަން ހަލީމް

ކޮވިޑް ވެކްސިން ޖަހާ މަރުކަޒެއްގައި ވެކްސިން ޖަހަން ތައްޔާރުވަނީ: މި އިވެލުއޭޝަނުގައި ވެކްސިން ޖަހާ މަރުކަޒުތަކަށް ޒިޔާރަތްކުރާނެ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކޮވިޑު ވެކްސިނުގެ ޕްރޮގްރާމުގެ ކާާމިޔާބީ ވަޒަންކުރާ ފުރަަތަމަ ގައުމަކަށް ރާއްޖެ

5 ޑިސެންބަރު 2021 - 17:16 0

ކޮވިޑް ވެކްސިނާއި ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ވެކްސިން ޕްރޮގްރާމުތަކުގެ ކާމިޔާބީ ވަޒަންކުރަން ފުރިހަމަ ޕޯސްޓް-އިންޓްރޮޑަކްޝަން އިވެލުއޭޝަނެއް ހަދަން ހެލްތް ޕްރޮޓެކްްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނިންމައިފި އެވެ.

މި ދެ ވައްތަރުގެ ވެކްސިނަކީ ރާއްޖޭގައި އެންމެފަހުން ބޭނުންކުރަން ފެށި ދެ ވެކްސިންގެ ބާވަތެވެ. މިގޮތުން އެޗްޕީވީ ވެކްސިން ޖެހުމުގެ ޕްރޮގްރާމު ފެށީ މާޗު، 2019 ގަ އެވެ. އަދި ކޮވިޑް ވެކްސިން ޖަހަން ފެށީ މި އަހަރުގެ ފެބްރުއަރީ، 1 ގަ އެވެ.

މި ވެކްސިން ޕްރޮގްރާމުގެ ކާމިޔާބީ ވަޒަންކުރަން ކުރިޔަށް ގެންދާ އިވެލުއޭޝަންގެ ތެރެއިން ޕްރޮގްރާމުތަކުގެ ކާމިޔާބީ އާއި އިތުރަށް ރަނގަޅުކުރަން ހުރި ދާއިރާތައް ދެނެގަނެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިކަން ދެނެގަންނަން ދިވެހިންނާއި ބޭރު މީހުން ހިމެެނޭ ޓީމަކުން ފީލްޑް ވިޒިޓުތައް ކުރާނެ އެވެ. މި ޓީމުތަކަށް އެހީތެރިވެދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އދ.ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފުންނެވެ.

މި ފީލްޑް ވިސިޓުތަކުގައި ވެކްސިން ޖަހާ މަރުކަޒުތަކާއި، ވެކްސިން ރައްކާކުރާ ތަންތަނަށް ޒިޔާރަތްކުރާނެ އެވެ. އަދި ހެލްތް ވޯކަރުންނާއި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ވެކްސިނުގައި އިސްކަންދޭ ގިންތިތަކުގެ މީހުންނާ އިންޓަވިއުތައް ކުރާނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ މި އިވެލުއޭޝަނުން ދެނެގަނެވޭ ކަންކަމަކީ ގައުމީ ފެންވަރުގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ބޭޭނުންތެރި ފިލާވަޅުތަކަކަށް ވާނެ ކަމަށެވެ.