Advertisement

އިންޑޮނީޝިއާގެ އަލިފާން ފަރުބަދަ ގޮވައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

5 ޑިސެންބަރު 2021 - 15:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލިފާން ފަރުބަދަ ކައިރީގައި ހުރި އަވަށްތަކުގެ މީހުން ރައްކާތެރި ހިސާބުތަކަށް ދާން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާގެ އަލިފާން ފަރުބަދަ ގޮވައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

5 ޑިސެންބަރު 2021 - 15:39 0

ލުމަޖަންގް، އިންޑޮނީޝިއާ (ޑިސެމްބަރު 5) - އިންޑޮނީޝިއާގެ ސެމެރޫ އަލިފާން ފަރުބަދަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް ގޮވުމުން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި އެވެ.

ޖާވާ ރަށުގައި ހުންނަ އެންމެ ބޮޑު ފަރުބަދަ ކުއްލި ގޮތަކަށް ގޮވިއިރު އާއްމުން ތިބީ ތައްޔާރުވެގެންނެއް ނޫނެވެ. އެހެންވެ، އެތައް ސަތޭކަ އާއިލާތަކުން ފުރާނަ ސަލާމަތް ކުރަން ދުވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ.

ލުމަޖަންގް ޑިސްޓްރިކްޓުގެ 11 އަވަށަކަށް ވަރަށް ބޮޑަށް އަޅީގެ އަސަރުކޮށް، ގެތަކާއި، ދަނޑުތައް ވަނީ ހަލާކުވެފަ އެވެ. ނުވަ ސަތޭކަ އަށް ވުރެ ގިނަ މީހުން މިހާރު ތިބީ މިސްކިތްތަކާއި ސްކޫލުތަކުގެ ހިޔާވެހިކަމުގަ އެވެ.

ގިނަ އަދަދެއްގެ މީހުން މިސްކިތުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ


"މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި. މީހުން ސަލާމަތް ކުރާ ޓީމުތަކަށް ވަނީ އިތުރު ހަށިތައް ފެނިފައި،" ނޭޝަނަލް ޑިޒާޒްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) ގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވި އެވެ.

އިމާރާތްތަކުގައި ތާށިވެފައި ތިބި 10 މީހުން ސަލާމަތް ކުރަން ޖެހުނީ ހެލިކޮޕްޓަރުގެ އެހީގަ އެވެ. ފަންސާސް ހަތް މީހުންނަށް އަނިޔާވެފައި ވާއިރު އޭގެ ތެރެއިން 41 މީހުން ތިބީ ފިހިފަ އެވެ. އެ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ސެމެރޫ ފަރުބަދަ ވަށައިގެން ފަސް ކިލޯމީޓަރުގެ ސަރަހައްދަށް ވަނުން އާއްމުންނަށް ވަނީ މަނާކޮށްފަ އެވެ. އެ ހިސާބުގެ ވައި ވަރަށް ބޮޑަށް ތަގައްޔަރުވެފައި ވާއިރު، ސިއްހީ މައްސަލަތައް ހުރި މީހުންނަށް އެ ވައިގެ ސަބަބުން ގެއްލުންތައް ވާނެ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ވޮލްކެނިކް އޭޝް އެޑްވައިޒަރީ ސެންޓަރު (ވީއޭއޭސީ) އިން ބުނީ ފަރުބަދައާ ދުރަށް ދުން ފެތުރި، އިންޑިއާ ކަނޑުގެ މަތިން ހުޅަނގު ދެކުނަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ސެމެރޫ ފަރުބަދަ އަކީ "ހަރަކާތްތެރި" ފަރުބަދައެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަލިފާން ފަރުބަދަ އެކެވެ. އެ ފަރުބަދަ އެންމެ ފަހުން ގޮވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.