Advertisement

އިންޑިއާ ސިފައިން އޮޅިގެން ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ

5 ޑިސެންބަރު 2021 - 15:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާ އާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދު. -- ފޮޓޯ: އޭއޭޕީ


އިންޑިއާ ސިފައިން އޮޅިގެން ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ

5 ޑިސެންބަރު 2021 - 15:55 0

އިންޑިއާގެ އިރުއުތުރު ނަގަލޭންޑް ސްޓޭޓުގައި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރިން ސިފައިން އޮޅިގެން ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ އެވެ.

ސިފައިން އޮޅިގެން ބަޑި ޖެހީ މައިނުގައި މަސައްކަތް ކުރުމަށް ފަހު އެނބުރި ގެތަކަށް ދިޔަ ބަޔަކަށެވެ. އޭގެ ތެރެއިން ހަ މީހުން މަރުވި އެވެ. އިތުރު ހަތް މީހުންނާއި ސިފައިންގެ މީހަކު މަރުވީ އެ މައްސަލައިގައި އާއްމުން ރުޅި އައިސް ހިންގި ހަމަނުޖެހުމުގަ އެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތާ މެދު ހިތާމަކުރައްވާ ކަމަށާއި ތަހުގީގު ކުރާނެ ކަމަށެވެ.

ނަގަލޭންޑުގައި އިންޑިއާ ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕުތަކާއި ސިފައިންނާ ހަނގުރާމަ ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ނަމަވެސް ސިފައިންގެ އޮޕަރޭޝަންތަކުގައި ވަރަށް ގިނައިން އެއްވެސް ބެލުމެއް ނެތި އާއްމުންނަށް ހަމަލާދޭކަމުގެ ތުހުމަތު ކުރެވެ އެވެ.