Advertisement

ބީއެމްއެލްގެ ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކޮށްފި

5 ޑިސެންބަރު 2021 - 12:48 0

އަމަން ހަލީމް

އަމަން ހަލީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ބީއެމްއެލްގެ ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކޮށްފި

5 ޑިސެންބަރު 2021 - 12:48 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި ސިސްޓަމަށް ގެނައި އަޕްގްރޭޑަކަށް ފަހު ދިމާވި މައްސަލަތަކެއްގެ ސަބަބުން ބޭންކިން ހިދުމަތްތައް މެދުކެނޑޭ މައްސަލަ ހައްލުކޮށްފި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި، ބޭންކުގެ ހިދުމަތްތައް މެދުކެނޑުނު ވަގުތުތައް ގިނަ އެވެ. އޭގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް އޭގެ ނުރަނގަޅު އަސަރުކޮށް، ގިނަ ބައެއްގެ ޝަކުވާތައް ބަންޑުންވި އެވެ.

ކަސްޓަމަރުންގެ ޝަކުވާތަކާ ގުޅިގެން ބީއެމްއެލްއިން ބުނީ ހިދުމަތަށް ބުރޫއަރަނީ ބޭންކުގެ ބޮޑު އަޕްގްރޭޑަކަށްފަހު މުޅި ސިސްޓަމް ހަމައަކަށް ނޭޅޭތީ ކަމަށެވެ.

އެ ބޭންކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވަނީ ދިމާވި މައްސަލަ ދެނެގަނެވި، މިހާރު ހައްލުކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ، އަޕްގްރޭޑުގެ ސަބަބުން ހިދުމަތް މެދުކެނޑުން ހުއްޓުނީ ކަމަށެވެ.

ބޭންކުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން ސޯޔާ އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުނުވާނެހެން ކަންކަން މުރާޖާކުރަމުންދާނެ ކަމަށެވެ. އަދި ކަންކަން ދެނެގަތުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ސިސްޓަމް މަސައްކަތް ކުރަމުންދާ ގޮތް މިދަނީ ގާތުން ބަލަމުން. އަޅުގަނޑުމެން މިހާރު މިދަނީ މައްސަލަ ދިމާވާންޖެހުނު ސަބަބު ބަލައި އެކަން މުރާޖާކުރަމުން،" ސޯޔާ ވިދާޅުވި އެވެ.

އަޕްގްރޭޑަށްފަހު ދިމާވި މައްސަލަތަކާ ގުޅިގެން ބޭންކުން އެޅި އިތުރު ފިޔަވަޅެއްގެ ގޮތުން ހިދުމަތް މެދުކެނޑޭ ވަގުތުތައް ބީއެމްއެލް ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. މި މައުލޫމާތު ފެންނާނީ ކަސްޓަމާ ސާވިސަސް ޕޭޖުންނެވެ.