Advertisement

ކުރީގެ ސިފައިން ނުމެރުމަށް 22 ގައުމަކުން ތާލިބާނަށް ގޮވާލައިފި

5 ޑިސެންބަރު 2021 - 15:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތާލިބާން ހަނގުރާމަވެރިން ހަތިޔާރާ އެކު ފޯރިމަރަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް


ކުރީގެ ސިފައިން ނުމެރުމަށް 22 ގައުމަކުން ތާލިބާނަށް ގޮވާލައިފި

5 ޑިސެންބަރު 2021 - 15:47 0

އަފްގާނިސްތާނުގެ ކުރީގެ ސިފައިންނާއި ފުލުހުން ޓާގެޓްކޮށްގެން ނުމެރުމަށް 22 ގައުމަކުން ތާލިބާނަށް ގޮވާލައިފި އެވެ.

ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި ޑިމާންޑް ކުރީ ތާލިބާނުން ވައުދުވެފައިވާ ގޮތަށް ކުރީގެ ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އޮފިޝަލުން ރައްކާތެރި ކުރުމަށެވެ.

"ޓާގެޓުކޮށްގެން މީހުން މެރުމާއި ގަސްތުގައި މީހުން ގެއްލުވާލުމުގެ މައްސަލަތަކުގެ ރިޕޯޓު ލިބެމުން ދާތީ ވަރަށް ކަންބޮޑުވޭ،" ބަޔާނުގައި ވެ އެވެ.

މިދިޔަ ހަފުތާގައި ހިޔުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައި ބުނީ މީގެ ފަސް މަސް ކުރިން ތާލިބާނުން ވެރިކަމަށް އައުމަށް ފަހު އަފްގާން ސަރުކާރުގެ ކުރީގެ އޮފިޝަލުންގެ ގޮތުގައި ތިބި 100 އަށް ވުރެ ގިނަ މީހުން މަރައި ނުވަތަ ރަހީނުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ސިފައިންނާއި ފުލުހުންގެ ގޮތުގައި ފާހަގަވި 47 މީހުން މަރާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައި ބަދަލު ނުހިފާނެ ކަމަށް ވައުދުވަމުންނެވެ.

އެ ވައުދަށް ކަމޭހިތުމަށް ޑިމާންޑުކޮށް އެމެރިކާ އިން ނެރުނު ބަޔާނުގައި އިނގިރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަން އަދި އިތުރު 19 ގައުމަކުން ސޮއިކޮށްފައި ވެ އެވެ.

ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައިވާ ހޯދުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ގައުމުތަކުން ގޮވާލީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށެވެ.

"ތާލިބާނުންނާ މެދު އަޅުގަނޑުމެން ގޮތް ނިންމާނީ އަމަލަށް ބަލައިގެން،" ބަޔާން ނިންމާލަމުން ފާހަގަކުރި އެވެ.