Advertisement

ކިޔަވާ ކުދިންގެ ލޯނާއި ގެދޮރު ގަންނަ ލޯނުތަކުގެ އިންޓްރެސްޓް ބީއެމްއެލްއިން ކުޑަކޮށްފި

5 ޑިސެންބަރު 2021 - 11:26 2

އަމަން ހަލީމް

އަމަން ހަލީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ކިޔަވާ ކުދިންގެ ލޯނާއި ގެދޮރު ގަންނަ ލޯނުތަކުގެ އިންޓްރެސްޓް ބީއެމްއެލްއިން ކުޑަކޮށްފި

5 ޑިސެންބަރު 2021 - 11:26 2

ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެޕާޓްމަންޓާއި ރޯހައުސް ގަތުމަށް ދޫކުރާ ހޯމް ޕާޗޭސް ލޯނާއި ކިޔަވާ ކުދިންނަށް ދޫކުރާ ސްޓޫޑަންޓް ލޯނުގެ އިންޓްރެސްޓް ރޭޓުތައް ކުޑަކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފި އެވެ.

ބޭންކުގެ ލޯން ޕޯޓްފޯލިއާގައި ހިމެނޭ ލޯނުތަކުގެ އިންޓްރެސްޓަށް ބަދަލު ގެނައިކަން އިއުލާނުކުރި ނަމަވެސް، މި ހިނގާ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ލޯނު އެޕްލިކޭޝަންތަކަށް ހިނގާނީ މި އިންޓްރެސްޓް ރޭޓެވެ.

މި ބަދަލުތައް އިއުލާނުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ހެޑް މުހައްމަދު ނިމާލު ވިދާޅުވީ، މި ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑު ހަރަދެއް ސަލާމަތްކުރެވިގެން ދާނެ ކަމަށެވެ.

"މިސާލަކަށް ތިން މިލިއަން ރުފިޔާގެ ލޯނަކަށް ކުރިން ދައްކަން ޖެހޭ އިންޓްރެސްޓާ އަޅާ ބަލާއިރު ފަސް ލައްކަ ރުފިޔާ މިހާރު ސަލާމަތްވާނެ" ނިމާލް ވިދާޅުވި އެވެ.

ހޯމް ޕާޗޭސް ލޯނަށް ބީއެމްއެލްއިން ގެނައި ބަދަލުތަކާއެކު ގެއެއް ގަންނަން ކޮސްޓް އޮފް ބޮރޮވިން (ލޯނު ނެގުމުގެ ހަރަދު) އެންމެ ކުޑަ ލޯނަކީ މި ލޯނެވެ. މިއީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި އިމާރާތްކޮށްފައިވާ އެޕާޓްމަންޓެއް ނުވަތަ ރޯހައުސްއެއް ގަންނަން ވެސް ބޭނުންކުރެވޭ ލޯނެކެވެ.

ބީއެމްއެލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓައި އައި ބަދަލު

  • ހޯމް ޕާޗޭސް ލޯނު - ކުރިން %10 މިހާރު %9
  • ސްޓޫޑެންޓް ލޯނު - ކުރިން %11 މިހާރު %9
  • ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރުމުގެ އިތުރުން ބީއެމްއެލްއިން ވަނީ އެ ބޭންކުން ދޫކުރާ ލައިފްސްޓައިލް ލޯނުގެ 300،000ރ.-1،500،000ރ. ކެޓެގަރީގެ ޝަރުތުތައް ވެސް ލުއިކޮށްފަ އެވެ.

    އެގޮތުން ކުރިން މި ލޯނުތައް ދޫކުރަނީ ކުލިން އާމްދަނީ ލިބޭ ގެދޮރުވެރިންނަށް އެކަނި ނަމަވެސް، އެ ނޫން ގޮތްގޮތުން ލިބޭ އާމްދަނީ ބޭންކަށް ކަށަވަރުކުރެވޭ ނަމަ މި ލޯނަށް ޝަރުތު ހަމަވާނެ އެވެ.